އައްޑޫގެ ގެއަކުން ފެނުނު ދެމަފިރިންގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް ނެތް: ފުލުހުން
އައްޑޫ ސިޓީ ހިތަދޫގެ ގެއަކުން މަރުވެފައި އޮއްވައި ފެނުނު ދެމަފިރިންގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މަރުވެފައި އޮއްވައި ފެނުނީ ކުރޭނުގެ، އިބްރާހީމް އަބްދުﷲ (60އ)އާއި ނާރެސް، ފަރަހަނާޒް ރަޝީދު (52އ) ކަމަށެވެ. އެ މައްސަލައިގައި މިހާތަނަށް ބެލިބެލުމުން، ތުހުމަތު ކުރެވޭ ކަމެއް ފާހަގަނުވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ