އައްޑޫ ސިޓީ ހިތަަދޫގެ ގެއެއް ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ދެމަފިރިންގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަދަ ކަމެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
މަރުވީ އިބްރާހިމް އަބްދުالله، ކްރޭންގެ، ސ. ހިތަދޫ އާއި ފަރުހަނާޒް ރަޝީދު، ނާރެސް، ސ. މަރަދޫ އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ މީހުންގެ ހަށިގަނޑު ފެނުނީ ހިތަދޫގައި އަލަށް ހަދަމުންދިޔަ ގެއަކުންނެވެ. އެ ދެމަފިރިން ދިރިއުޅެމުން ދިޔައީ އެ ގޭގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެއީ ހިތަދޫ ޓޫރިޒަމް ސަރަހައްދާ ކައިރީގައި ހުންނަ ގެއެކެވެ.
"މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަކުރެވިފައި ނުވޭ،" މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުންޏެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
އައްޑޫ ދެމަފިރިންގެ މަރު: މިހާތަނަށް ބެލިބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަނުވާ ކަމަށް ފުލުހުން ބުނެފި އައްޑޫ ދެމަފިރިންގެ މަރު: މިހާތަނަށް ބެލިބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަނުވާ ކަމަށް ފުލުހުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ