މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ބޯޑުން މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) ވަކިކޮށްފި އެވެ.
ވީ ކިހިނެއް؟ - ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ބޯޑުން ރިޔާޒު ވަކިކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އަދި އެ ބޯޑުގެ މެންބަރުންގެ އަދަދަށް ވެސް މިހާރު ވަނީ ބަދަލު ގެނެސްފައިކަން ވަނީ ކަށަވަރުވެފަ އެވެ.
ތަފްސީލް - ރިޔާޒު އެމްއޭސީއެލްގެ ބޯޑުން ވަކިކޮށްފައި މި ވަނީ މި ފަހުން އެމްއޭސީއެލްއިން ބިން ހިއްކުމާއި ސަރުކާރުގެ ބައެއް މަޝްރޫއުތައް ހިންގުމަށް ހަވާލުވާން ބޯޑުން ނިންމި ނިންމުމާ އޭނާ ދެކޮޅު ހެދުމުންކަން ވަނީ ކަށަވަރުވެފަ އެވެ.
އެކަމާ ގުޅޭ ގޮތުން ރިޔާޒުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
މީގެ އިތުރަށް އެމްއޭސީއެލްގެ ބޯޑް މެންބަރުންގެ އަދަދު 7 އިން 9 އަށް ބަދަލުކުރަން ވެސް ޕީސީބީން މިހާރު ވަނީ ނިންމައިފަ އެވެ. އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބަވަނީ:
އައިޝާ ނޫރްއައިން ޖަނާހް - ޗެއާޕާސަން
އިބްރާހިމް ޝަރީފް މުހައްމަދު - އެމްޑީ
ސަހާ ވަހީދު
އިބްރާހިމް ސިޔާދު ގާސިމް
އިބްރާހިމް މަހުދީ
އެނގުން މުހިންމު - މި މަހުގެ 6ވަނަ ދުވަހު އެމްއޭސީއެލްއިން ވަނީ ބިން ހިއްކުމާއި ސަރުކާރުގެ ބައެއް މަޝްރޫއުތައް ހިންގުމަށް ހާއްސަކޮށްގެން ޕެނިންސޫލާ އިންފްރާސްޓްރަކްޗާގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފަ އެވެ.
އެމްއޭސީއެލްއިން އަންނަނީ ރަށްރަށުގައި ޖިމްތަކާއި އެއާޕޯޓްތަކާއި އެހެން ވެސް ބައެއް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ހަވާލުވަމުންނެވެ. އަދި މިފަހުން ރީޖަނަލް އެއާޕޯޓްސް ކުންފުނި އުވާލައި ސަރަހައްދީ ހުރިހާ އެއާޕޯޓްތަކެއް އެމްއޭސީއެލްގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.
އެމްއޭސީއެލްގެ ބޯޑުން ރިޔާޒު ވަކިކޮށް ބޯޑް މެންބަރުންގެ އަދަދު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ