ތެލަސީމިއާ ކުދިންނަށް މުޅިން އަލަށް އެލަވަންސެއް ދެނީ
ތެލަސީމިއާ އެލަވަންސްގެ ގޮތުގައި އަންނަ އަހަރު 1000 ރުފިޔާގެ އެލަވަންސެއް ދޭން ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ލ. ގަމު ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވަނީ ތެލަސީމިއާ ކުދިންނަށް މުޅިން އަލަށް އެލަވަންސެއް ދިނުމަށް ނިންމަވާ އެކަން އިއުލާންކުރައްވާފަ އެވެ.ރައީސް ވިދާޅުވީ ތެލަސީމިއާ ކުދިންނަށް ކޮންމެ މަހަކު ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ސަރުކާރުން ދޭނެ ކަމަށެވެ.އެލަވަންސް ދިނުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި 11.7 މިލިޔަން ރުފިޔާ ހިމަނާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ތެލަސީމިއާ ކުދިންގެ ގޮތުގައި 982 ކުދިން ރަޖިސްޓްރީވެފައިވާކަމަށެވެ.ރައީސް މިރޭ ވަނީ އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަން ވެސް އިއުލާން ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ