ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް ކަމުން ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވަކިވުމުން، އެ ކޮމިޝަނުގައި ރައީސް މުހައްމަދު މުއިއްޒު ތަމްސީލްކުރައްވާ މެންބަރު ޔަޒްމީދު މުހައްމަދަށް މިއަދު މަގާމު ދީފި އެވެ.
ވީކިހިނެއް؟ - ޖޭއެސްސީގެ ވެބްސައިޓްގައި ވެސް މިހާރު ފެންނަ ގޮތުގައި ކޮމިޝަނުގެ ނައިބު ރައީސަކީ ޔަޒުމީދެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި ކުރިން ކޮމިޝަނުގެ ނައިބު ރައީސަކަށް ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު ނިޔާޒު އިއްޔެގެ ވަގުތެއްގައި ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ކޮމިޝަނުގެ ނައިބު ރައީސްކަމުން ނިޔާޒު އިސްތިއުފާ ދެއްވި ސަބަބެއް އަދި ނޭނގެ އެވެ. ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވި ނަމަވެސް އަދިވެސް އެއީ ކޮމިޝަނުގެ މެންބަރެކެވެ.
ނައިބު ރައީސްގެ ހުސްވުމުން ކޮމިޝަނުގެ ބައްދަލުވުމަކުން ޔަޒުމީދަށް ކޮމިޝަނުގެ ނައިބު ރައީސްކަން ދިނުމަށް ނިންމާފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، ދެ ފަނޑިޔާރަކު ވަކިކުރި މައްސަލާގައި ނިޔާޒު ވޯޓު ދެއްވަނީ ފަނޑިޔާރުންނާ އެއްކޮޅަށެވެ.
އަދި ފަނޑިޔާރުން ސަސްޕެންޑްކުރަނީ، ކޮމިޝަނަށް ޔަޒްމީދު އައްޔަންކުރާ ފަހުންނެވެ. އޭގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ތަމްސީލްކުރައްވާ މެންބަރަކަށް ހުންނެވީ ވަކީލު މުހައްމަދު ސަމީރެވެ.
ޖޭއެސްސީގެ ނައިބު ރައީސްކަމުން ނިޔާޒު ދުރުވުމުން، ރައީސްގެ މެންބަރު ޔަޒްމީދަށް އެ މަގާމު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ