އައިއޯއެސް 26.1ގެ ހަތަރުވަނަ ޕަބްލިކް ބީޓާ އާންމުކޮށްފި

އެޕަލް އިން އައިއޯއެސް 26.1 ގެ ހަތަރުވަނަ ޕަބްލިކް ބީޓާ އާންމުކޮށްފިއެވެ.އެޕަލް ކުންފުނިން އެކުންފުނީގެ އެކި ޑިވައިސްތަކަށް ޚާއްސަކޮށްފައިވާ އޮޕަރޭޓިން ސިސްޓަމްތަކުގެ އާ ވާޝަންތަކުގެ ހަތަރުވަނަ ޕަބްލިކް ބީޓާ އާންމުކޮށްފައިވާއިރު، މި ބީޓާ ވާޝަންތަކުގެ ތެރޭގައި iOS 26.1، އައިޕެޑްއޯއެސް 26.1 އާއި، މެކްއޯއެސް ޓަހޯ 26.1 އާއި، ޓީވީއޯއެސް 26.1 އަދި ވޮޗްއޯއެސް 26.1 ހިމެނެއެވެ. https://sun.mv/211962 މި ބީޓާތައް އާންމުކޮށްފައި މިވަނީ ޓެސްޓްކުރުމަށްޓަކައި ޑިވެލޮޕަރުންނަށް ބީޓާ ދޫކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. މި އާ ވާޝަންތަކުގައި އެޕަލް އިން ވަނީ ބައެއް މުހިންމު ބަދަލުތަކާއި އާ ފީޗާތައް ތަޢާރަފްކޮށްފައެވެ. އައިއޯއެސް 26.1 އާއި، އައިޕެޑްއޯއެސް 26.1 އާއި، އަދި މެކްއޯއެސް ޓަހޯ 26.1 ގައި އެޕަލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިސްޓަމް ކަމަށްވާ އެޕަލް އިންޓެލިޖެންސް ބޭނުންކުރެވޭ ބަސްތަކުގެ ލިސްޓް ވަނީ އިތުރުކޮށްފައެވެ. މިހާރު މި ސިސްޓަމް ބޭނުންކުރެވޭ ބަސްތަކުގެ ތެރޭގައި ޑެނިޝް، ޑަޗް، ނޯވީޖިއަން، ޕޯޗުގީޒް ޕޯޗުގަލް، ސްވީޑިޝް، ތުރުކީ، ޗައިނީޒް (ޓްރެޑިޝަނަލް)، އަދި ވިއެޓްނާމީޒް މި ބަސްތައް ހިމެނެއެވެ. އައިއޯއެސް 26 ގައި ތަޢާރަފްކުރި އެއާޕޮޑްސް ލައިވް ޓްރާންސްލޭޝަން ފީޗާ އަށް ވެސް ވަނީ އިތުރު ބަސްތައް ތަޢާރަފްކޮށްފައެވެ. އެއީ ޖަޕާނީޒް، ކޮރިއަން، އިޓަލިއަން، އަދި ޗައިނީޒް (މެންޑަރިން ޓްރެޑިޝަނަލް އަދި ސިމްޕްލިފައިޑް) އެވެ. މި ހަތަރުވަނަ ބީޓާގައި އެޕަލް އިން ވަނީ ލޮކް ސްކްރީން ޑިޒައިންގެ ބައެއް ކަމަށްވާ ލިކުއިޑް ގްލާސްގެ ޓްރާންސްޕޭރެންސީ (ސާފުކަން) ކޮންޓްރޯލްކުރެވޭ އާ ސެޓިންއެއް ވެސް އިތުރުކޮށްފައެވެ. މި އޮޕްޝަން ބޭނުންކޮށްގެން ޔޫޒަރުންނަށް ލިކުއިޑް ގްލާސްގެ ސާފުކަން ކުޑަކޮށް، ފަހަތުގައިވާ މަންޒަރު ފެންނަ މިންވަރު ބަދަލުކުރެވޭނެއެވެ. މީގެ އިތުރުން، ލޮކް ސްކްރީނުން ކެމެރާ އެޕް ހުޅުވުމަށްޓަކައި ކުރާ ސްވައިޕް އޮފް ކޮށްލުމުގެ އޮޕްޝަނެއް ވެސް ވަނީ އިތުރުކޮށްފައެވެ. އެޕަލްގެ ބީޓާ ސައިޓުގައި ރަޖިސްޓްރީވެފައިވާ ޕަބްލިކް ބީޓާ ޓެސްޓަރުންނަށް، މިއިން ކޮންމެ ޑިވައިސްއެއްގެ އަޕްޑޭޓްގެ އާ ވާޝަންތައް މިހާރު ޑައުންލޯޑްކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ