އެމްޓީސީސީއާ ހަވާލުކޮށްފައިވާ ލ. ކަލައިދޫން ދަނބިދޫއަށް ކޯޒްވޭ އަޅައި ގުޅާލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ރައީސް މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ.
ލ. އިސްދޫ އަދި ކަލައިދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ކަލައިދޫ-ދަނބިދޫ ކޯޒްވޭ ގުޅާލުމުގެ މަޝްރޫއު އިސްކަމެއް ދީގެ ހުރިހާ ކަމެއް ފުރިހަމަކުރާނެ ކަމަށާއި އެއީ ދާއިރާގެ ތަރައްގީއަށް މުހިންމު ކަމެއް ކަމަށެވެ.
"އެއް ކިލޯ މީޓަރުގެ މި ދޭތެރެ ގުޅުވާލުން މި ފެށިގެންދިޔައީ. ވަރަށް އިސްކަމެއް ދީގެން އެކަމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވެގެންދާނެ. އެއީވެސް ހަމަ ގައިމުވެސް މި ދާއިރާގެ ތަރައްގީއަށް ވަރަށް މުހިންމު ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
ކަލައިދޫ އާއި ދަނބިދޫއާއި ދެމެދުގައި 3،000-3،500 އެއްހާ ފޫޓުގެ ދުރުމިނެއް އޮވެ އެވެ. މި މަޝްރޫއުގެ ސަބަބުން ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫ އެއްފަސްވެގެންދާނެ އެވެ.
އެ ކޯޒްވޭ ހެދުމުގެ މަޝްރޫއު މިދިޔަ ދައުރުގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކުރި އެވެ. އެކަމަކު އެ މަޝްރޫއު ކުރިއަށް ގޮސްފައެއް ނުވެ އެވެ.
ލ. ކަލައިދޫ-ދަނބިދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށައިފި ލ. ކަލައިދޫ-ދަނބިދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ