މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިއަން ވަނަ ފަތުރުވެރިޔާއަށް މިއަދު މަރުހަބަ ކިޔައިފި އެވެ.
ވީ ކިހިނެއް؟ - އަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
ދެ މިލިއަން ވަނަ ފަތުރުވެރިޔާއަކީ މިއަދު މެންދުރު ކުރިން ވާޖިން އެޓްލާންޓިކުގެ ލަންޑަން-މާލެ ފްލައިޓުން ރާއްޖެ އައި އިނގިރޭސިވިލާތުގެ ބެތެނީ ސާރާ
ތަފްސީލް - ސާރާ މިއަދު ރާއްޖެ އައީ އޭނާގެ ފިރިމީހާއާ އެކު އެ މީހުންގެ ކައިވެންޏަށް ފަހު ހަނީމޫން އަށެވެ. މިއީ އޭނާ ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.
އެ ދެމަފިރިން އެ މީހުންގެ ހަނީމޫން ދަތުރުގައި ޗުއްޓީ ހޭދަކުރާނީ އދ. އައުޓްރިގާ މޯލްޑިވްސް މާފުށިވަރު ރިސޯޓުގަ އެވެ.
މި އަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މިއަދު މަރުހަބާކީއިރު، ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރުގެ ތެރޭ 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 6،000އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އާދެ އެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި ފަސް ގައުމަކީ:
ޗައިނާ - 303،368 ފަތުރުވެރިން
ރަޝިއާ - 250،478 ފަތުރުވެރިން
އިނގިރޭސިވިލާތް - 177،957 ފަތުރުވެެރިން
ޖަރުމަނު - 150،275 ފަތުރުވެރިން
އިޓަލީ - 129،784 ފަތުރުވެރިން
މިއަހަރުގެ 2 މިިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ