ކާށިދޫ ފަރަށް ބޯޓެއް އަރައި އެކަކު ގެއްލިއްޖެ ކާށިދޫ ފަރަށް ބޯޓެއް އަރައި އެކަކު ގެއްލިއްޖެ

މާލެއިން ފުރައިގެން ކ. ކާށިދޫއަށް ދަތުރުކުރި "ފައިސަލާ" ބޯޓު ކާށިދޫ ފަރަށް މިރޭ އަރައި އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ "ފައިސަލާ" ނަމަކަށް ކިޔާ އެ ބޯޓުން 11 މީހުން ދަތުރުކުރި ކަމަށާއި އޭގެ ތެރެއިން 10 މީހުން ފުލުހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ.
"މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އުޅަނދުން 11 މީހުން ދަތުރުކުރި. އޭގެތެރެއިން 10 މީހުން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ހަރަކާތްތެރިވެ ސަލާމަތް ކޮށްފައި. ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން،" އެމްއެންޑީއެފް އިން ބުންނެވެ.
ގެއްލިގެން ހޯދަމުންދާ މީހާގެ ވަނަވަރެއް އެމްއެންޑީއެފް އިން މިހާތަނަށް ހާމައެއް ނުކުރެ އެވެ. އެހެންވެ، އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އަދި ނޭނގެ އެވެ.
ބޯޓު ފަރަށް އެރި ސަރަހައްދުގައި އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އިތުރުން ފުލުހުން ވެސް ދަނީ ހަރަކަތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ