ބީއެމްއެލްގެ އޯޓީޕީ ކޯޑް ވަޓްސްއެޕް މެދުވެރިކޮށް ލިބޭނެ ގޮތް ހަދައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޮންލައިން މުއާމަލާތްތަކަށް ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ލިބޭ ރަސްމީ ޗެނަލެއްގެ ގޮތުގައި ވަޓްސްއެޕް މިއަދު އިތުރުކޮށްފި އެވެ.ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބޭންކުގެ އޮންލައިން ޓްރާންސެކްޝަންތަކަށް ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ލިބޭ ރަސްމީ ޗެނަލެއްގެ ގޮތުގައި ވަޓްސްއެޕް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.އެއާ އެކު، ކަސްޓަމަރުން ބޭންކުގައި ރަޖިސްޓާކޮށްފައިވާ ނަންބަރަށް ވަޓްސްއެޕް މެދުވެރިކޮށް ފަސޭހަމަކާ އެކު އޯޓީޕީ ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.ބޭންކުގެ ރަސްމީ އޯޓީޕީ ޗެނަލެއްގެ ގޮތުގައި މިހާތަނަށް ހިމެނޭ އެސްއެމްއެސް އާއި އީ-މެއިލް އަދި އޮތެންޓިކޭޓަރުގެ އިތުރުން ވަޓްސްއެޕް ހިމެނުމާ އެކު، ކަސްޓަމަރުންނަށް މުއާމަލާތްތައް ހިންގަން އިތުރަށް ފަސޭހަ ވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.ބޭންކުގެ ރަސްމީ އޯޓީޕީ ޗެނަލެއްގެ ގޮތުގައި މިހާތަނަށް ހިމެނޭ އެސްއެމްއެސް، އީމެއިލް އަދި އޮތެންޓިކޭޓަރުގެ އިތުރުން ވަޓްސްއެޕް ހިމެނުމާ އެކު ކަސްޓަމަރުންނަށް މުއާމަލާތްތައް ހިންގަން އިތުރަށް ފަސޭހަވާނެކަން ބީއެމްއެލް އިން ފާހަގަކުރި އެވެ.ބޭންކުން ބުނީ ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން ނުވަތަ ބޭންކިން އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭ ގޮތް ބަދަލުކުރެވޭނެ ކަމަށެވެ. އަދި އޯޓީޕީ ޗެނަލް ވަޓްސްއެޕަށް ބަދަލުކުރުމުގެ މަރުހަލާގައި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަސްޓަމަރުން މިހާރު ބޭނުންކުރާ އޯޓީޕީ ޗެނަލް ބޭނުންކުރަން ޖެހޭނެ ކަމަށް ބޭންކުން ބުންޏެވެ.ބީއެމްއެލް އިން މިއަދު ވަނީ އެ ބޭންކުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ޓްރާންސްފާކުރަން ކިއުއާރް ކޯޑް ބޭނުން ކުރެވޭ ގޮތް ވެސް ހަދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ