މައްސަލަ ހައްލުކޮށް، މުޅި ގަމަށް ކަރަންޓު ދީފި

އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ކަރަންޓު ކެނޑުނު ލ. ގަމަށް މިހާރު އެއްކޮށް ކަރަންޓު ދީފިއެވެ.
ގަމުގައި ހުންނަ ފެނަކަ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މުޅި ރަށުން ކަރަންޓް ކެނޑުނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ.
ފެނަކަ އިން ބުނީ ރޭ 23:25 ގައި މުޅި ރަށަށް ކަރަންޓު ދީފައިވާ ކަމަށެވެ.
ލ. ގަމަކީ ގާތްގަނޑަކަށް 5000 މީހުންގެ އާބާދީ އެއް އޮންނަ ރަށެކެވެ.
ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެރަށުގެ ދެ އެނެކްސްގެ ތެރެއިން އެނެކްސް އެކެއްގައި ކަމަށާއި، އެނެކްސް ދޭކަށް އަލިފާނުގެ އަސަރުކޮށްފައި ނުވާކަމަށެވެ.
މިހާދިސާއާއި ގުޅިގެން މިހާތަނަށް ވިޝުއަލް އިންސްޕެކްޝަންތަކުން ފާހަގަވެފައިވާ ގޮތުން، ގެއްލުން ވެފައިވަނީ އެ ރަށަށް ކަރަންޓް ދޭ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ