މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެމްޕޭން މެނޭޖަރަކަށް އަހުމަދު ޝާހިދު

މަޖިލިސް އިންތިހާބުގެ ކެމްޕޭން މެނޭޖަރަކަށް ސާބެ ހަމަޖައްސާފައިވާއިރު އެމްޑީޕީއިން މަޖިލީހުގެ 86 ދާއިރާއަކަށް ވާދަކުރެއެވެ. އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ އިންތިހާބު މިމަހުގެ 18 ވަނަ ދުވަހު ބާއްވައިފައިވާއިރު އެއިންތިހާބު ކާމިޔާބުކޮށް އެމްޑީޕީގެ ޓިކެޓްގައި މަޖިލީހުގެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ލިބިފައިވާ ފަރާތްތަކަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް އެޕާޓީއިން ވަނީ ނިންމާފައެވެ.
19 ވަނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީއިން ވާދަނުކުރާ ދާއިރާއަކީ ފ .ނިލަންދޫ ދާއިރާއެވެ. އެއީ އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވުމުން ކަމަށް އެޕާޓީއިން ބުނެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދާއިރާތަކަށް ވާދަކުރާ ސިޔާސީ ޕާޓީ އަކީ އެމްޑީޕީއެވެ. އެޕާޓީއިން ވަނީ 19 ވަނަ މަޖިލީހުގެ މެޖޯރިޓީ ލިބޭނެ ކަމަށް ޝައްކު ނުކުރާ ކަމަށް ބުނެ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ފައިދާ  ހުރި ބިލްތަކެއް ފާސްވެެގެން ދާނެ މަޖިލީހެއް ކަމަަށް ބުނެފައެވެ. އެގޮތުން 17 ބިލެއް އެމްޑީޕީއިން ހުށަހަޅަން ނިންމާފައިވެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ނިންމާފައިވާ ބައެއް ބިލްތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ