ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވީ ނުހަނު ކާމިޔާބު އެހާމެ ފުރިހަމަ ޖަލްސާއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި ބޭފުޅުން އުފައްދަން މަސައްކަތްކުރައްވާ ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވާފައިވާއިރު ޖުމްހޫރީ ޕާޓީގެ ފަރާތުން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު ރިޔާޒް ރަޝީދެވެ.
މިފަދަ ފުރިހަމަ ޖަލްސާއެއް ބޭއްވުނު ކަމަށްޓަކައި ޕާޓީގެ މުއައްސިސް އަލްއުސްތާޒު ހަސަން ލަތީފަށާއި ރައީސް ނަޝީދަށް ތަހުނިޔާ އާއި މުބާރަކުބާދު ދަންނަވާ ކަމަށްވެސް އޮނަރަބަލް ގާސިމް އިބްރާހިމްގެ ޓުވީޓުގައިވެއެވެ.
"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުންދީފައިވަނީ މި މަހުގެ 2ވަނަ ދުވަހުއެވެ.
ދަ ޑިމޮކްރަޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކަމިޝަނުން ހުއްދަދެއްވުމާ ގުޅިގެން ރައީސް މުހައްމަދު ނަޝީދަށާއި ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި އުޅުއްވާ އެންމެހާ ބޭފުޅުންނަށާއި، ރާއްޖޭގެ އިޞްލާޙަށާއި ޑިމޮކްރަސީ އާއި ހެޔޮވެރިކަމަށްޓަކައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކަށް ގާސިމްވަނީ މީގެ ކުރިން މަރުޙަބާ ދަންނަވާފައެވެ. އަދި މި ހުއްދަ ދެއްވުމަކީ އިލްކްޝަންސް ކޮމިޝަނުން ޤާނޫނީ ވާޖިބު އަދާކުރެއްވުމުގައި ކުރިއަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމުގައި ދެކި، ކޮމިޝަނުގެ ވެރިންނަށްވެސް ގާސިމްވަނީ މަރުޙަބާ ދަންނަވާފައެވެ.
ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގައި، ޕާޓީގެ ނަމާއި، ކުލައާއި ލޯގޯގެ އިތުރުން ޕާޓީގެ އަސާސީ ގަވައިދު ވެސް ވަނީ ފާސްކޮށްފައެވެ. ދަ ޑިމޮކްރެޓްސްގެ ވަގުތީ ޑެޕިއުޓީ ޗެއާޕާސަންގެ ގޮތުގައި ތިން ބޭފުޅަކު ވެސް، މި ބައްދަލުވުމުގެ ތެރެއިން ވަނީ އައްޔަންކޮށްފައެވެ.
އެއީ ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު، މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރުގެ އިތުރުން، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފެވެ. މި ތިން ބޭފުޅުންގެ ނަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއެވެ.
އީވާގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.
އެމްޑީޕީ ދެކަފިވެ ރައީސް ނަޝީދު އުފެއްދެވި "ފިކުރެއްގެ ދިރުން" ހަަރަކާތުން އުފަންވި "ދަ ޑިމޮކްރެޓްސް" ޕާޓީ ރަޖިސްޓްރީކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރޭނެކަން ފުރަތަމަ ހާމަކޮށްފައިވަނީ ބޮޑުފެންވަޅުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވީ ކާމިޔާބު ފުރިހަމަ ޖަލްސާއެއް: ގާސިމް އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ