ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހަތަރުވަނައަށް އެންމެ ގިނަ ވޯޓު ކާމިޔާބު ކުރެއްވި މިނިވަން ކެންޑިޑޭޓް އުމަރު ނަސީރު ދެވަނަ ބުރަށް ނިންމަވާނެ ގޮތް މިރޭ އިއުލާނު ކުރައްވަން ހަމަޖެހިއްޖެއެވެ.
ޕީޕީއެމް ސަރުކާރުގެ ހޯމް މިނިސްޓަރގެ މަގާމުވެސް ފުރުއްވި އުމަރު ނަސީރަކީ ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް ވާދަ ކުރައްވާ، ކުރީގެ ގައުމީ އިއްތިހާދު ޕާޓީގެ ރައީސްއެވެ.
އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ގުޅޭ ގޮތުން އޭނާއާއި "ނިއު ޑިރެކްޝަން" އގެ ޓީމުން ނިންމާގޮތެއް މިރޭ އިއުލާނު ކުރައްވާނެ ކަމަށެވެ. އުމަރުގެ އެ ނިންމެވުން އިއުލާނު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައި ޕޭސްބުކާއި، ޓިކްޓޮކް މެދުވެރިކޮށެވެ.
އުމަރަކީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރެއިން 6،343 ވޯޓު ހޯއްދަވައިގެން ރިޔާސީ ރޭހުގައި މިފަހަރު ހަތަރު ވަނައަށް ވަޑައިގެންނެވި ކެންޑިޑޭޓެވެ.
އުމަރު ފިޔަވާ ދެން ތިއްބެވި މިނިވަން ކެންޑިޑޭޓުންނާއި ތިންވައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބްވެސް ވަނީ ދެވަނަ ބުރުގައި އެމްޑީޕީ އަދި ޕީއެންސީގެ ކެންޑިޑޭޓްގެ ފަހަތަށްވެސް ނޭރުމަށް ނިންމާ އެކަން އިއުލާނުކޮށްފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުން އޮންނާނީ 30 ސެޕްޓެމްބަރު ވާ ހޮނިހިރު ދުވަހުއެވެ. އިންތިހާބުގެ ދެވަނަ ބުރަށް ވަގުތު ކުޑަތަންވެފައިވާއިރު އުމަރު ނިންމަވާ ގޮތަކީވެސް، ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންނަށްވެސް އިންތިހާބު ކާމިޔާބު ކުރެއްވުމަށް ކޮންމެހެން އެންގުން މުހިންމު ނިންމެވުމަކަށް ވާނެއެވެ.
އިންތިހާބުގެ ދެވަނަ ބުރަށް އުމަރު ނަސީރު ނިންމަވާގޮތް މިރޭ ހާމަކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ