ސާފުތާހިރުކަން ކުޑަވުމުން “ބިލެތްމާ ޓޭސްޓީ” ގެ އުފެއްދުންތަކަށް އެމްއެފްޑީއޭއިން ފިޔަވަޅު އަޅައިފި “މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ” އަލުން ގާއިމުކުރައްވައިފި ތައިލެންޑުގައި އުފައްދާ 15 ބޭހެއް ބޭނުންކުރުމުގައި ސަމާލުވާން އަންގައިފި ކޮލިޓީގެ މައްސަލ

ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި ލޭބަލްކުރުމާއި ބަންދުކުރުމުގެ އާ ގަވާއިދެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ން ގެޒެޓުކޮށް، އެ ގަވާއިދާ ހިލާފުވާ ފަރާތްތަކަށް 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާލި މި ގަވާއިދުގެ ދަށުން، ލޭބަލް ނުކޮށް ނުވަތަ އަސްލު އޮޅޭގޮތަށް ލޭބަލްކޮށްގެން މުދާ ވިއްކުމަކީ މަނާ ކަމެކެވެ.
މި ގަވާއިދުގައިވާ ގޮތުން ކާބޯތަކެތި ބަންދުކުރުމަށް ފުޑް ގްރޭޑަޑް މެޓީރިއަލް ބޭނުންކުރުން ލާޒިމުވާއިރު، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕެޓު ފުޅި ފަދަ ޕްލާސްޓިކު ފުޅި ކާބޯތަކެތި ބަންދުކުރަން ބޭނުންކުރުން މަނާކޮށްފައިވެއެވެ. އަދި ލޭބަލް ކުރުމުގެ މިންގަނޑުތަކާ ހިލާފުވާ ފަރާތްތަކަށް 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ އިތުރުން ލައިސެންސް ބާތިލުކުރުމުގެ އިހުތިޔާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.
މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ބަންދުކޮށް، ލޭބަލްކޮށްފައިވާ ކާބޯތަކެތި އާ މިންގަނޑުތަކަށް ފެއްތުމަށް ވިޔަފާރިތަކަށް ހަ މަސް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ މައްޗަށް ޖޫރިމަނާ ކުރުމުގެ އިތުރުން، ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއް ނަމަ އެފަދަ ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ ވެސް އުފުލޭނެ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ