ޑައިވިންއަށް ގޮސް އުޅެނިކޮށް މަރުވި ފަސް މީހުންގެ ތެރޭގައި ހިމެނޭ މޮނިކާ މޮންޓެފަލްކޯންގެ ފިރިމީހާ އަދި ޖިއޯޖިއާގެ ބައްޕަ ކާލޯ ސޮމަކަލް، މި ހާދިސާއާ ގުޅިގެން އޭނާގެ ހިތާމަ އާއި ކަންބޮޑުވުންތައް ހިއްސާކޮށްފިއެވެ. ކާލޯ ބުނި ގޮތުގައި އޭނާގެ އަންހެނުންނަކީ 5000 އަށްވުރެ ގިނަ ޑައިވް ފުރިހަމަކޮށްފައިވާ، ކަންކަމަށް ވަރަށް ފަރުވާތެރި ތަޖުރިބާކާރު ޑައިވަރެކެވެ.
މި ހާދިސާގައި ކާލޯގެ އަންހެނުންގެ އިތުރުން އޭނާގެ ދަރިފުޅު ޖިއޯޖިއާ ވެސް ވަނީ މަރުވެފައެވެ. ޖިއޯޖިއާ އަކީ ބަޔޯމެޑިކަލް އިންޖިނިއަރިންގެ ދާއިރާއިން އަންނަ މަހު ދަސްވެނިވާން ތައްޔާރުވަމުންދިޔަ ކުއްޖެކެވެ. ކާލޯ ބުނި ގޮތުގައި އޭނާގެ ފިރިހެން ދަރިފުޅު މެޓިއޯ ދިޔައީ އޭނާގެ ދައްތަގެ ދަސްވެނިވުމުގެ ޕާޓީ ސިއްރުން ތައްޔާރުކުރަމުންނެވެ.
ކާލޯ އިތުރަށް ފާހަގަކުރި ގޮތުގައި އެމީހުންނާއެކު ދިޔަ ޒުވާން ޑައިވަރު ޖިއަންލޫކާ އަކީވެސް ކަންކަމަށް ވަރަށް ފަރުވާތެރި، ޓޭންކުތަކާއި މޫސުމަށް ވަރަށް ބަލާ މީހެކެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި ކާލޯ ބުނީ އޭނާގެ އަންހެނުންނާއި ދަރިފުޅަކީ އަބަދުވެސް ހިނިތުންވުމާއެކު ތިބޭ، ތެދުވެރި ބައެއް ކަމަށެވެ. އަދި މިފަދަ ބޮޑު އިމްތިހާނަކާ ކުރިމަތިލާން ޖެހުމުން އޭނާގެ ހިތުގައި ވަރަށް ގިނަ ސުވާލުތައް އުފެދިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އިޓަލީގެ ފަސް ޑައިވަރަކު ފީނަން ގޮސްއުޅުމުގެ ތެރޭގައި ގެއްލިގެން އެމީހުން ހޯދުމަށް އެމްއެންޑީއެފްއިން ގުޅުންހުރި ފަރާތްތަކާއެކު އަންނަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. ގެއްލުނު މީހުންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ އެންމެ މީހެއްގެ ހަށިގަނޑެވެ.
ފަސް ޑައިވަރުން މަރުވުމަކީ ވަރަށް އާދަޔާ ހިލާފު ކަމެއް: މަރުވި ދެމީހެއްގެ އާއިލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ