ވާވު އަތޮޅު ދެވަނަ ކަނޑުގެ އަޑީގައި ހުންނަ ހޮހޮޅައެއްގައި ތާށިވެފައި ތިބި ކަމަށް ބެލެވޭ އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ލޮކޭޓު ކުރެވިފައިވާ ކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފި އެވެ.
ދެވަނަ ކަނޑު އަޑީގައި އޮތް ހޮހޮޅައިގައި މި ޓޫރިސްޓުން ތާށިވީތާ މިއަދަށް ހަތަރު ދުވަސްވެފައިވާއިރު، އެ މީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރިއަށް ހުރި ޑައިވްތަކުގައި ކުރާނެ ކަމަށް ސިފައިން ބުނެ އެވެ.
ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ވަނީ ލޮކޭޓްކުރެވިފައި. އްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިން،" އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.
މިހާތަނަށް ނެގިފައިވަނީ މި ޓޫރިސްޓުންގެ ޓީމު ގޮވައިގެން އަޑިއަށް ދިޔަ ޑައިވު ޓީމް ލީޑަރު ޖިއަންލޫކާ ބެނެޑެއްޓީގެ ހަށިގަނޑު އެކަންޏެވެ. އޭނާގެ ހަށިގަނޑު ފެނުނީ، ޑައިވަރުން ގެއްލުނު ދުވަހު ފުރަތަމަ ކުރި ޑައިވުތަކުގައި، 60 މީޓަރު ފުނުގައި ހުރި ހޮހޮޅައިގެ އަނގަ މަތިން ކަމަށް މައުލޫމާތު ލިބެ އެވެ.
އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޮހަޅަ ތެރެއިން ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ