ވެކްސިން ޖެހުމުގެ ހިދުމަތް ދޭ ދަމަނަވެށި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުކޮށް، އެތަނުގެ މުވައްޒަފުން އެހެން ތަންތަނަށް ބަންދުކުރަން ނިންމައިފި އެވެ.
އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް "މިހާރު"އާ ވާހަކަ ދެއްކި މުވައްޒަފަކު ބުނީ ހެލްތު މިނިސްޓްރީ އާއި އައިޖީއެމްއެޗްގެ އިސްވެރިން އިއްޔެ އެތަނަށް ވަޑައިގެން، އެތަނުގެ މުވައްޒަފުން ބަދަލުވާން ބޭނުންވާ ދެ ތަނެއްގެ ތެރެއިން އެއް ތަނެއް މުވައްޒަފުން އަމިއްލައަށް ނިންމުމަށްފަހު އެކަން އަންގަން 24 ގަޑިއިރުގެ މުއްދަތެއް ވެސް ނުދޭ ކަމަށެވެ.
ހެލްތު މިނިސްޓްރީން ހުށަހެޅީ ދަމަނަވެށީގައި މިހާރު މަސައްކަތްކުރާ މުވައްޒަފުން ހުޅުމާލެ 2ގެ ޖީޕީ ކްލިނިކް ނުވަތަ ރަސްފަންނު ކުރިމަތީގައި ހަދާފައިވާ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރަށް ބަދަލުވުމަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދަމަނަވެށި ބަންދުކުރަން ވަނީ ނިންމައިފަ އެވެ.
އެކަމަކު، އެ ނިންމުމާ ހިތްހަމަނުޖެހޭތީ އޭގެ ތެރެއިން ގިނަ މުވައްޒަފުން ވަކި އެއްޗެއް ނާންގަ އެވެ.
"ދާން ބޭނުންވާ ވަކި ތަނެއް މިއަދު 2 ގެ ކުރިން އަންގާށޭ ބުނީ. އެވަގުތުގެ ކުރިން ނާންގަންޏާ އެޗްއާރުން އަމިއްލައަށް ނިންމާނަމޭ ބުނީ. އެކަމަކު އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކިހިނެއް އެގޮތަށް ނިންމާނީ." އެތަނުގެ މުވައްޒަފަކު ބުންޏެވެ.
ދަމަވެށިން ހިދުމަތް ދެނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު ފަހު 3:30 އަށެވެ. އަދި ބަންދު ދުވަސްތަކުގައި އޮން-ކޯލްގައި މުވައްޒަފަކު ހުރެ އެވެ.
އެހެން މުވައްޒަފަކު ބުނީ ކުދިންގެ ކިޔެވުމާއި އާއިލާގެ ކަންކަން ހަމަޖައްސާފައިވަނީ މަސައްކަތުގެ ވަގުތުތަކަށް ވެސް ބަލައިގެން ކަމަށެވެ. ނަމަވެސް، ކުއްލިއަކަށް ގެނައި ބަދަލާއެކު ނަފްސާނީގޮތުން ވެސް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި ސަރުކާރުގެ ވިސްނުމަކީ، ދަމަނަވެއްޓާއި ތެލެސީމިއާ ސެންޓަރު އެއްކޮށްލައި ޖީޕީ ކްލިނިކް ހެދުމެވެ.
ދަމަނަވެށި ބަންދުކޮށް، މުވައްޒަފުން އެކި ތަންތަނަށް ބަދަލުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ