ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާއެޅުމަށް މޫދަށް ފޭބި ޓޫރިސްޓަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ޓޫރިސްޓަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކުރީ މިއަދު މެންދުރު 12:57 ހާއިރު އެވެ.މި ހާދިސާގައި މަރުވީ ސްޕެއިންއަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެކެވެ.ފުލުހުން ބުނީ އެ މީހާ ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށެވެ.މޫދަށް އެރިއުޅުނު ޓޫރިސްޓަކު މިއަދު މަރުވިއިރު، ވ. އަތޮޅުގައި ޑައިވިންއަށް ދިޔަ އިޓަލީ ޓޫރިސްޓުންތަކެއް ވަނީ ގެއްލިފަ އެވެ. އެ މީހުން ހޯދުމަށް ހިންގި އޮޕަރޭޝަންގައި ގެއްލިގެން ހޯދަމުން ދާ އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު މިއަދު ވަނީ ހޯދާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ