ހިޔާ ފްލެޓްތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ނިންމާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި މީގެކުރިން ހުރީ ކޮންމެ ޓަވަރެއްގައި ތިނެއް ނުވަތަ ހަތަރު ލިފްޓެވެ. ނަމަވެސް ބައިލައްކައަށްވުރެ ގިނަ މީހުން ދިރިއުޅޭ މި ޓަވަރުތަކުގައި ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމުގައި އާންމުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހި، އެކަމުގެ ޝަކުވާތައް އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ވަރަށް ގިނައިން ކޮށްފައިވެއެވެ.
ހިޔާސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާއަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން، ހިޔާގެ ކޮންމެ ޓަވަރެއްގައި ޖާގަ ތަނަވަސް، އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުފުޅުގެ ދަށުން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމުމަކަށް އައިސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ