ލ. ގަމުގައި ހުންނަ ހަމަދު ބިން ހަލީފާ އަލް ތާނީ ސްކޫލުގައި ބަޔޮލޮޖީ ކިޔަވައިދެމުން އަންނަތާ 18 އަހަރު ވެފައިވާ ޓީޗަރެއް ކަމަށްވާ އައި ސަތީޝް ގޮޕިނަތަން އިއްޔެ ނިޔާވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އިއްޔެ ހަވީރެއްހާއިރު އޭނާގެ ބޮލުގައި ރިއްސާތީ އުޅުނެވެ. އެކަމަކު އޭގެ ފަހުން އެކުގައި އުޅޭ މީހުންނަށް ޚަބަރެއް ނުވެގެން ބެލިއިރު އޮތީ މަރުވެފައި ކަމަށްވެ އެވެ.
އެ ސްކޫލުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓުގައި ބުނީ އެ ސްކޫލުގައި 18 އަހަރާއި 9 މަސް ދުވަހު ހިދުމަތް ކުރެއްވި ޝަތީޝް ކުއްލި ގޮތަކަށް ނިޔާވުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެެއް ކަމަށެވެ.
ސްކޫލުން ބުނީ ސަތީޝް ވަނީ ދިގު މުއްދަތަކަށް ސްކޫލާއި މުޖުތަމައަށް ހިދުމަތްކޮށްދީފައި ކަމަށާއި އޭނާގެ އިލްމާއި އޯގާތެރިކަމާ އެކު އެތައް ޖީލެއް އިންސްޕަޔާކޮށްދިން ކަމަށެވެ.
ޓީޗަރަކަށް ވުރެ ބޮޑަށް އޭނާއަކީ މެންޓާއެއް ނުވަތަ ގައިޑެއް ކަމަށާއި އެހެންވެ، އޭނާ ކިޔަވައިދިން ކުދިންނާއި އޭނާ ދަންނަ މީހުންގެ ހިތުގައި އަބަދުވެސް އޭނާގެ ހަނދާންތައް އާވާނެ ކަމަށް އެ ސްކޫލުން ބުންޏެެވެ.
އެނގިފައިވާ ގޮތުގައި އޭނާ ރާއްޖޭގައި ދިރިއުޅެމުން އައީ އެކަންޏެވެ.
ހަމަދު ސްކޫލުގައި 18 އަހަރުވީ ބަޔޮލޮޖީ ޓީޗަރުގެ ކުއްލި މަރުން ބޮޑު ހިތާމައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ