ގަޑި ނުޖެހި އޮފީހަށް ހާޒިރުވުމަށް ސިވިލް ސަރވިސް މުވައްޒަފުންނަށް 30 މިނެޓުގެ ބަފަރ ޓައިމެއް

މި އިސްލާހާ އެކު މިސްކިތްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަގުތުތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މިސްކިތުގެ މުދިމުން ކޮންމެ ނަމާދު ވަގުތެއްގެ 5 މިނެޓު ކުރިން މިސްކިތަށް ހާޒިރުވާން ޖެހެއެވެ. އަދި މަސައްކަތު މުވައްޒަފުން ކޮންމެ ފަރުޟު ނަމާދަކަށް މިސްކިތް ފޮޅާ ސާފުކޮށް ތައްޔާރުކުރުމަށާއި، ނަމާދަށްފަހު މިސްކިތް ބެލެހެއްޓުމަށްޓަކައި ނަމާދު ވަގުތުގެ 15 މިނެޓު ކުރިން ހާޒިރުވާން ޖެހެއެވެ.
ގަވާއިދުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، ކޮންމެ ނަމާދު ވަގުތަކަށް މަދުވެގެން 30 މިނެޓު މިސްކިތުގައި ހޭދަކުރަން ޖެހޭނެއެވެ. އަދި މިސްކިތުގެ މަސައްކަތު މުވައްޒަފުން ދުވާލަކު މަދުވެގެން ފަސް ގަޑިއިރު މަސައްކަތުގައި ހޭދަކުރަން ޖެހޭނެ ކަމަށްވެސް އައު އިސްލާހުގައި ކަނޑައަޅާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ