ހިތަދޫގައި ރޭ ދަންވަރު ކޮންޓެއިނަރެއްގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ފަތިހު ރާއްޖޭގެ ބްލޫ ކާބަންގެ ހާލަތު ދުނިޔެއަށް ހާމަކޮށްދީފި 4 ކާރާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް: ޑްރައިވަރު ފިލައިފި ރާއްޖެ ހިމެނޭހެން އަވަށްޓެރި ގައުމުތަކަށް އިންޑިއާއިން ތެލު

މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގައި އެންމެ ބޮޑަށް މޫލާފައިވާ އަދި އެންމެ ޒަމާންވީ އެއް މައްސަލަ ކަމަށާއި، މަތިމަތިން ކަމެއް ކޮށްލައިގެން އެ މައްސަލަ ނުހުއްޓުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހާމަކުރުމަށް ތައްޔާރުކޮށްފައިވާ “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބޮޑު މައްސަލައަށް ދާއިމީ އަދި ޖުމްލަ ހައްލެއް ގެނައުމަށްޓަކައި މުޅި މުޖުތަމައުގެ އެއްބާރުލުން ނުހަނު ބޭނުންވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ މި މައްސަލައިގެ އެންމެ އަޑީގައިވާ އަސްލު ސަބަބުތައް ދެނެގަނެ، އެކަންކަން ހައްލުކުރުން ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ގާއިމުކުރާ ރީހެބިލިޓޭޝަން ނިޒާމަކީ މުޖުތަމައުގެ ފުރިހަމަ ބައިވެރިވުމާ އެކު، އިސްލާމީ އުސޫލުތަކުގެ މަތިން ހިންގޭ ނިޒާމަކަށް ވާންޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“މިއީ މަތިމަތިން ސުޕަފިޝަލް ގޮތަކަށް ކުޑަކުޑަ ގޮތަކަށް ކަމެއް ކޮށްލައިގެން ވާވަރު ކަމެއް ނޫން. މަސްތުވާތަކެތީގެ މައްސަލަ ގައުމުން ފޮހެލާ ކަމަށްވަންޏާ ހަގީގީ ރޫޓް ކޯޒް (މައްސަލައިގެ އަސްލު) ތަކަށް ދާން ޖެހޭނެ. ދެން އެޔާއެކީ މަސްތުވާތަކެތި އިތުރަށް ފެތުރި މިކަމުގެ ތެރެއަށް ޒުވާނުން ވަންނަ ވަނުން ހުއްޓުވަން އިތުރު މަސައްކަތްތައް ކުރަން ޖެހޭނެ. މި ދެއްނެވި ގޮތަށް ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ޖެހެނީ. އެއީ ސަރުކާރުގެ ސިޔާސަތަކީ،” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ފަރުވާ ދޭ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، އެ ވަބާގައި ޖެހިފައިވާ ފަރާތްތައް އަނބުރާ މުޖުތަމައަށް ނެރުމުގައި އިސްލާމީ އަހުލާގާއި އުސޫލުތަކަށް އިސްކަންދިނުމަކީ ކާމިޔާބީގެ އަސްލުކަމުގައި ބާރުއަޅުއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ