ފައިނޭންޝަލް އެކްސްޕޯ: މިރޭ 10 ޖެހުމާއި ހަމައަށް ކުރިއަށްދާނެ

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ" މިރޭ 10:00 އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެއެވެ. މި މަހުގެ 2 ވަނަ ދުވަހު ފެށި މި އެކްސްޕޯއަކީ މާލީ ދާއިރާގައި ހުރި ފުރުޞަތުތަކާއި އަލަށް ތައާރަފުކުރާ ޚިދުމަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.
މި އެކްސްޕޯގެ މައިގަނޑު މަގްސަދަކީ މާލީ ގޮތުން ހަރުދަނާ ނިންމުންތައް ނިންމުމަށް ބޭނުންވާ އަމަލީ އިރުޝާދު އާންމުންނަށް ފޯރުކޮށްދިނުމެވެ. އެހެންކަމުން، މިރޭ 10 ޖެހުމުގެ ކުރިން ވީހާވެސް ގިނަ ފަރާތްތަކުން އެކްސްޕޯއަށް ޒިޔާރަތްކޮށް މި ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެމްއެމްއޭއިން ބާރުއަޅައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ