އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުނު މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ، މިއަހަރަކީ ރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، މިއީ ދެ ގައުމުގެ ގުޅުމުގައި ވަރަށް ހާއްސަ އަހަރެއް ކަމަށެވެ. ވޭތުވެދިޔަ 60 އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ބިނާވެފައިވަނީ އިހުތިރާމާއި، ހެޔޮއެދުމާއި، ސުލްހަޔާއި ތަނަވަސްކަން ކުރިއެރުވުމަށް ކުރެވޭ ގުޅިފައިވާ މަސައްކަތްތަކުގެ މައްޗަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެއިން އެމެރިކާއާއެކު އޮންނަ ގުޅުމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭކަން ރައީސް މުއިއްޒު އަލުން ކަށަވަރުކޮށްދެއްވިއެވެ. އަދި ސަލާމަތާއި ދިފާއީ ދާއިރާ، ވިޔަފާރިއާއި އިގްތިސާދީ ތަރައްގީ، ތައުލީމު، އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމުގެ އިތުބާރު އޮތް ކަމަށްވެސް ވިދާޅުވިއެވެ.
މެސެޖު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް ރައީސް ޓްރަމްޕާއެކު ގާތުން މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ.
ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1966 ވަނަ އަހަރުއެވެ. ރާއްޖެއަށް މިނިވަންކަން ލިބުމާއެކު އެމެރިކާއިން ވަނީ ރާއްޖެ ބަލައިގަނެ، ސަފީރަކު އައްޔަންކޮށްފައެވެ.
މިއީ ރާއްޖެއާއި އެމެރިކާގެ ގުޅުމަށް ވަރަށް ހާއްސަ އަހަރެއް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ