ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާނަމަ އެކަންކަން ބަލައި ފިޔަވަޅު އަޅަންޖެހޭނެކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ޙުސައިން ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ، މިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންއިން އެތައް ބިލިއަން ރުފިޔާ ކޮރަޕްޝަންގެ ގޮތުގައި ބޭނުންކޮށްފައިވާކަމަށް ބޮޑެތި ތުހުމަތުތައް ކުރެވިފައިވާ ކަމަށާއި، އެ ކަންކަން ބެލެންޖެހޭނެ ކަމަށެވެ. އަދި އެކަންކަމުގެ ހަގީގަތް ހާމަކޮށް، ރައްޔިތުންނަށް ހަގީގަތްތައް ސާފުކޮށްދޭންޖެހޭކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާނަމަ އެކަންކަން ބަލައި ފިޔަވަޅު އަޅަންޖެހެނެކަމަށެވެ.
އޭގެ އިތުުރުން، އެފަދަ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ބެލެން ޖެހޭނެ ކަމަށާއި، މިފަދަ މައްސަލަތައް އޭސީސީން ނުބަލާ ދޫކޮށްލަނީ ކީއްވެތޯ ރައްޔިތުން ސުވާލު އުފައްދާ ކަމަށެވެ.
ވަކިން ޚާއްސަކޮށް ދައުލަތުގެ ޓެކްސް ފައިސާއިން މުސާރަ ދީގެން މުއައްސަސާތައް އުފައްދަވައި ޒިންމާތަކެއް ޙަވާލު ކުރައްވާފައިވާއިރު، ހަނު ތިއްބަވަނީ ކީއްވެތޯވެސް މެމްބަރު ސުވާލު އުފެއްދެވިއެވެ. މިއީ ހައްތަހާވެސް ބެލެންޖެހޭ މައްސަލަތައްކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.
އެބޭފުޅުން ކީއްވެތޯއޭ ހަނު ތިއްބަވަނީ، ދައުލަތުގެ ޓެކްސް ފައިސާއިން އެބޭފުޅުންނަށް މުސާރަ ނުލިބެނީތޯ، އެބޭފުޅުން އެ މަޤާމަށް އަންނަނީ ކީއްކުރަންތޯ
މިހާރު ދިމާވަމުންދާ އެކިއެކި މައްސަލަތަކަކީ އޭސީސީ ފަދަ މުއައްސަސާތަކުގެ މެމްބަރުން މަޤާމުގެ މަސްއޫލިއްޔަތު އަދާ ނުކުރުމުން ދިމާވާ މައްސަލަތައްކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ވެރިކަން ބަދަލުވެ، މި ސަރުކާރުން އެންމެ ބޮޑު އެއް ވައުދެއްވި އެއް ކަމަކީ ފެނަކަ ކުންފުނީގެ ހިންގުން ބަދަލުކޮށް، ދައުލަތަށް ފައިދާވާ ކުންފުންޏަކަށް ފެނަކަ ކުންފުނި ހެދުމެވެ
މިދިޔަ ސަރުކާރުގައި ފެނަކައިން ހިންގި ހިޔާނާތުގެ މައްސަލަތައް ބެލެންޖެހޭނެ: މެމްބަރު އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ