އޭސީސީގެ ކުރީގެ އިންވެސްޓިގޭޓިވް އޮފިސަރ އަބްދުﷲ އާޒިމްގެ މައްސަލަތައް ބެލުމަށް ހައިކޯޓުން އަމުރުކޮށްފި

ައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ ގުޅިފައިވާ ތަހުގީގެއް ހެދި ހެދުމާގުޅޭގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުމުގައި ސުވާލުކޮށްފައި ނުވާތީ މިނިންމުމަކީ ފަނޑިޔާރުގެ އަމިއްލަ ހިޔާލެއް ކަމަށް ބެލެވޭކަމަށް
އެންޓި ކޮރަޕްޝާން ކޮމިޝަން (އޭސީސީ) ގެ ކުރީގެ އިންވެސްޓިގޭޓިވް އޮފިސަރ އަބްދުﷲ އާޒިމްއާއި ދެކޮޅަށް ދައުލަތުން ކޮށްފައިވާ ދައުވާތައް ނޮވެމްބަރުމަހު ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވަނިކޮށް އެމައްސަލަތައް ބެލުމަށް ހައިކޯޓުން، ކްރިމިނަލް ކޯޓަށް އަންގައިފިއެވެ. 
އޭނާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަނާގުޅޭ މައްސަލަތަކެއްގައެވެ. މިގޮތަށް ހައިކޯޓުން އަންގާފައިވަނީ އެމައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކުރިކުރުން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުންނެވެ.
ދައުލަތުން އާޒިމްގެ މައްޗަށް ޖުމްލަ 4 ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަނީލޯންޑަރކުރުމުގެ 2 ދައުވާއަކާއި ރިޝްވަތުގައި ހިފުމުގެ 2 ދައުވާއެކެވެ. އެއީ ދެ ފަހަރެއްގެ މަތިން އޭނާގެ އެކައުންޓަށް ފައިސާ ޖަމާކޮށް، އޭގެ އަސްލު އޮޅުވާލިކަމުގެ ތުހުމަތުގައެވެ. މިފައިސާއަކީ މައްސަލައިގެ ތަހުގީގު ވަކިގޮތަކަށް އަނބުރާލުމަށް ޖަމާކޮށްފައިވާ ފައިސާތަކެއް ކަމަށް ދައުލަތުގެ ތުހުމަތުގައިވެއެވެ.
މިދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވަނީ މައްސަލައިގެ ތަހުގީގަށް އޭސީސީއާއި ފުލުހުންނާއި ނިމިދިޔަ ސަރުކާރުން އެކުލަވާޅި އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަން ގުޅިގެން ހިންގި ގުޅިފައިވާ ތަހުގީގު ހިންގާފައިވަނީ ގާނުނާއި ހިލާފަށްކަމަށް ބުނެއެވެ. 
ނަމަވެސް ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ ގުޅިފައިވާ ތަހުގީގެއް ހެދި ހެދުމާގުޅޭގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން (އަބްދުﷲ ނާޒިމް) ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުމުގައި ސުވާލުކޮށްފައި ނުވާތީ މިނިންމުމަކީ ފަނޑިޔާރުގެ އަމިއްލަ ހިޔާލެއް ކަމަށް ބެލެވޭކަމަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ