އެންމެ ކުރު އެހެނަސް އެންމެ މަތިވެރިދުޢާއަކީ ٱلْحَمْدُ لِلّٰهِ އެވެ. މިހެން ބުނުމުން ٱلْحَمْدُ لِلّٰهِ ދުޢާއަކަށްވަނީ ކީއްވެގެންތޯ ސުވާލުކޮށްފާނެއެވެ! ޖަވާބަކީ ٱلْحَمْدُ لِلّٰهِ ގެ މާނައަކީ އެންމެހައި ރިވެތިވެގެންވާ ތަޢްރީފާއި ޙަމްދުޘަނާ ޙައްޤުވެގެންވަނީ ﷲ ތަޢާލާއަށެވެ. އެންމެހައި މަތިވެރިވެރިކަމަކާއި އެންމެހައި ތަޢްރީފް ޙައްޤުވެގެންވަނީ ﷲ ތަޢާލާއަށް ކަމެވެ.
The Messenger of Allah (ﷺ) said: “Purity is half of iman (faith). ‘Al-hamdu lillah (all praise and gratitude belong to Allah)’ fills the scales, and ‘subhan-Allah (how far is Allah from every imperfection) and ‘Al-hamdulillah (all praise and gratitude belong to Allah)’ fill that which is between heaven and earth.”
Grade: Sahih (Al-Albani) English reference: Book 40, Hadith 927
ވީމާ ٱلْحَمْدُ لِلّٰهِ އަކީ އެންމެ ކުރު އެހެނަސް އެންމެ މަތިވެރިދުޢާއެވެ!
ގިނަ ބައަކަށް އެކަން ވަޒަން ނުކުރެވެނީ އަބަދުހެން ނުވަތަ އެންމެ ގިނައިން ކިޔޭ ޛިކުރަކަށްވުމުން ކަމަށްވެދާނެއެވެ. އަހުރެން ބުނާނީ އަދިވެސް ކިޔުން އިތުރުކުރާށެވެ! އެކަމުން ކުރާނެ ފައިދާ ޙަދީޘުން އެއޮތީ ފެންނާށެވެ!
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން
ކިޔޭލެއް ގިނަކަމުން ގިނަ ބައަކަށް އަގުވަޒަން ނުކުރެވުނަސް މިއީ އެންމެ ކުރު އެހެނަސް އެންމެ މަތިވެރި ދުޢާއެވެ!: ޝައިޚް އަބޫބަކުރު ޒައުދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ