ރޯދައިގެ ކުރިން ހުރިހާ ރަށެއްގެ ކަރަންޓު މައްސަލަ ހައްލުވާނެ: ރައީސް
ރަށްރަށުގެ ކަރަންޓު ކެނޑެން ދިމާވާ މައްސަލަތައް، ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.ހުވަދުއަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގދ. ފިޔޯރީއަށް ވަޑައިގެން އެ ރަަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ އިތުރުން ސަރުކާރުގެ ކުންފުނިތައް ގުޅިގެން ރާއްޖޭގައި ކަރަންޓު މައްސަލަ ދިމާވެފައިވާ ހުރިހާ ރަށަކަށް ބޭނުންވާ ޖަނަރޭޓަރުތަކުގެ މައްސަލަ ހައްލު ކުރުމަށް އާ ޖަނަރޭޓަރުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ."ފިނޭންސް މިނިސްޓްރީ އާއި ފެނަކަ އާއި އެސްޓީއޯ އާއި އެމްޓީސީސީ ކުންފުނިތައް ގުޅި ކުރިއަށް އޮތް ރޯދަ މަސް އަންނަންވާއިރަށް އަޅުގަނޑުމެން މި އަމާޒު ކުރަނީ މުޅި ރާއްޖޭގައި ހަމަ އެންމެ ރަށެއް ވެސް، މައްސަލައެއް އޮތް ރަށެއްވިއްޔާ ހިމެނޭ ގޮތަށް އެންމެ ރަށެއް ވެސް ދޫކޮށް ނުލައި ހުރިހާ ރަށެއްގައި ޖަނަރޭޓަރުތަކުގެ މައްސަލަ ހައްލު ކުރުމަށް ގެންނަން ޖެހޭ ޖަނަރޭޓަރުތައް ގެނެސްދީ އިންސްޓޯލްކޮށް ނިންމަން،" ރައީސް ވިދާޅުވި އެވެ.ރޯދައިގެ ކުރިން ޖަނަރޭޓަރުތައް އިންސްޓޯލް ކުރުމަކީ ބޮޑު ގޮންޖެހުމަކަށްވީ ނަމަވެސް، ރައްޔިތުން ކަންބޮޑުނުވެ ހިތްހަމަޖެހޭ ފެންވަރަށް ކުރިއަށް އޮތް ދެ މަސް ތެރޭގައި އެ އަމާޒު ހާސިލުކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ އަރުވާފަ އެވެ.އެ މަނިކުފާނު ވިދާޅުވީ، ކަރަންޓުގެ މައްސަލަ ހައްލުކުރަން ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ ކަރަންޓުގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށާއި ކަރަންޓުގެ މައްސަލަ ވަރަށް ގިނަ ރަށްރަށަށް ދިމާވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ