ކޮލޮމްބިއާގެ އަންހެނަކު ހޯދަން އިމިގްރޭޝަނުން އިއުލާންކޮށްފި

ރާއްޖޭގައި ދިރިއުޅެމުންދާ ކޮލަމްބިޔާގެ އަންހެނަކު ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އިއުލާންކޮށްފިއެވެ.
އިމިގްރޭޝަނުން ހޯދަން އިއުލާން ކޮށްފައިވަނީ ކޮލޮމްބިއާއަށް ނިސްބަތްވާ، އުމުރުން 35 އަހަރުގެ ލޯރާ މާސިޑީސް ގުއޭރާ އެސްކުއެޑްރޯ އެވެ.
އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި މ. ސްޓާ ކްލައުޑުގައި ހުންނަ އިމިގްރޭޝަންގެ ރިސްކް އިންޓެލިޖެންސް ސެކްޝަނަށް އެ އިދާރާގެ ރަސްމީ ގަޑި 8:00 އާއި 14:00އާ ދެމެދުގައި ހާޒިރުވުމަށް ލޯރާ އަށް ވަނީ އަންގައިފައެވެ.
އޭނާ އާއި ގުޅުންހުރި އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ [email protected] އަށް މެއިލްކޮށް ނުވަތަ 91999017 އަށް ގުޅުއްވާ އެނާ އާއި ގުޅޭ މައްުލޫމާތު ހިއްސާކުރުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ