ކެއުމަށްފަހު ހިނގާލުމަކީ ކަސްރަތަކަށްވުރެ މާގިނަ ފައިދާތައް ލިބޭ ކަމެއް!

އަހުރެން މީހަކަށް ކެއުމަށް ދަޢުވަތުދޭނަމަ ދަޢުވަތުދެނީ 20،30 ވަރަކަށް މިނިޓުން ހިނގާފައި ދެވޭ ހިސާބުގައި ހުންނަ ތަނަކަށެވެ. އެތަނަށް ދަނީވެސް ހިނގައިފައެވެ. ކައި ނިމިގެން އެނބުރި އަންނަނީވެސް ހިނގައިފައެވެ. އެކަމުން ކުރާ ފައިދާ ބުނެދެން ހެއްޔެވެ؟ 
ދިރާސާތަކުން ގިނަ ދުވަސްތަކެއް ވަންދެން ދައްކާފައިވާ ގޮތުގައި ކެއުމަށްފަހު ހިނގުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ބެލެހެއްޓުމަށް ރަނގަޅު ކަމެކެވެ. މީގެ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ކުރިން ކުރެވުނު ކުޑަ ތަޖުރިބާއަކުން ޓައިޕް 2 ހަކުރުބަލީގެ މީހުންގެ ލޭގެ ހަކުރަށް އަސަރުކުރާ ގޮތާއި ކެއުމަށްފަހު ހިނގުމާއި އަޅާކިޔާފައިވެއެވެ — އަދި ކެއުމަށްފަހު ހިނގުމަކީ ސާފުކޮށް ރަނގަޅު ކަމެއްކަން ފާހަގަކުރެވުނެވެ.. 
ދާދި ފަހުން ކެއުމުގެ ކުރިން ހިނގުމާއި ކެއުމަށް ފަހު ހިނގުމުގެ ފައިދާ ބެލުމަށް ކުރި އަށް ދިރާސާއެއްގެ މެޓާ އެނަލިސިސް އިން ވެސް މިކަމަށް ސާފު ފައިދާއެއް ފެނިފައިވެ އެވެ. ޞިއްޙަތު ރަނގަޅު ބައިވެރިންނާއި ޓައިޕް 2 ހަކުރުބަލީގެ އަލާމާތްތައް ހުންނަ ފަރުދުންނަށްވެސް ކެއުމަށްފަހު ހިނގާއިރު ލޭގެ ހަކުރު ކޮންޓްރޯލް ރަނގަޅުވެ، ކެއުމުގެ ކުރިން ހިނގާލުމުން ލޭގެ ހަކުރުއަށް އެއްވެސް އަސަރެއް ނުފެނުނު ނަމަވެސް ފަހުން ހިނގުމުން ފެނުނެވެ 
ކީއްވެ؟ ހިނގާބިނގާވެ އުޅުމަށް ވުރެ މަސްތަކުން އަރާމު ކުރާއިރު ކުރާ މަސައްކަތަށް ވުރެ ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، މި މަސައްކަތް ކުރުމަށް ތެލުގެ ގޮތުގައި މަސްތަކުން ގްލޫކޯޒް ނުވަތަ ހަކުރު އަންދާ ކަމަށް ކެލިފޯނިއާގެ ސްޓެންފޯޑް ޔުނިވާސިޓީގެ ކަސްރަތާއި ފިޒިކަލް އެކްޓިވިޓީ ރިސާޗަރު ޑޭން ސެންގް ކިމް، އެމްޑީ، ޕީއެޗްޑީ ވިދާޅުވެ އެވެ. “އޭގެ ނަތީޖާއެއްގެ ގޮތުން ކެއުމަށްފަހު ހިނގުމަކީ ހަކުރުބަލީގެ ބަލިމީހުންނާއި ހަކުރުބަލި ނެތް ބަލިމީހުންގެ ލޭގެ ގްލޫކޯޒް ދަށްވާ ކުދިކުދި ޓްރައިލްތަކާއި ބޮޑެތި މެޓާ އެނަލިސިސްތަކުން ދައްކާފައިވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވެއެވެ.
 
- ޞިޢްޙީ ޚަބަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ