ޓާމިނަލް ހުޅުވުމަށް އެރުވި ތާރީޚީ ހަވާ ދުނިޔޭގެ ރެކޯޑު ފޮތަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ބައިނަލްއަގުވާމީ ޓާމިނަލް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެރުވި ތާރީޚީ ހަވާ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ. އާ ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި 19 ސަރަހައްދަކުން ރޭ ހަވާ އަރުވާފައިވެއެވެ. އެއީ މާލެ ވަށައިގެން ކަނޑުގެ 16 ސަރަހައްދަކާއި އެއާޕޯޓު ސަރަހައްދުގައި ތިން ތަނެއްގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް އެމްއޭސީއެލުން ބުނީ، ހަވާ އެރުވުމުގެ މި ހަރަކާތް ގިނިސް ވޯލްޑް ރެކޯޑު ފޮތަށް އެރީ 19 ސަރަހައްދެއްގައި އެއްފަހަރާ ސިންކްރޮނައިޒް ވާ ގޮތަށް ހަވާ އެރުވުމުން ކަމަށެވެ. އެކަމުގެ ލިއުން ލިބުނީ އާ ޓާމިނަލްގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިއުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. ހަވާ އެރުވުމުގެ ހަރަކާތް ރެކޯޑު ފޮތަށް އެރުވުމަށްޓަކައި ހެކިންގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑުގެ ފަރާތުން ބަޔަކު އެ ރަސްމިއްޔާތުގައި ބައިވެރިވި ކަމަށް ވެސް، އެމްއޭސީއެލުން ބުންޏެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްއޭސީއެލް އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި އެރުވި ހަވާ ބެލުމަށް މާލޭގެ އެކި ސަރަހައްދުތަކަށް ގިނަ ބަޔަކު އެއްވިއެވެ. މި ރަސްމިއްޔާތުގައި ވަނީ ޑްރޯން ޝޯއެއް ވެސް ބާއްވާފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްއޭސީއެލް ރޭ ވެލާނާ އެއާޕޯޓުގައި ހުޅުވި އާ ޓާމިނަލަކީ ޒަމާނީ ގިނަ ވަސީލަތްތަކާއެކު، އާ ޚިދުމަތްތައް ވެސް ހިމެނޭގޮތަށް ހުޅުވި ޓާމިނަލެކެވެ. ޓާމިނަލުގައި ހުރި ފާހަގަކޮށްލެވޭ ކަންކަން: ފުރާ މީހުން އަމިއްލައަށް ޗެކިންވުމަށް 47 ކައުންޓަރު ސެލްފް ޗެކިން އަށް ހަ ކިއޯސްކް އިމިގްރޭޝަން ކްލިއާކުރުމަށް 20 ކައުންޓަރު ކެއިން ބުއިމަށާއި ޑިއުޓީ ފްރީއަށް ޚާއްސަ ސަރަހައްދެއް ޓާމިނަލުގެ ތެރޭގައި ހިނގާބިނގާވެ އުޅުން ފަސޭހަކުރުމަށްޓަކައި ހަތަރު ވޯކަލޭޓާ 14 އެސްކެލޭޓަރު ސީދާ ޓާމިނަލުން މަތިންދާ ބޯޓަށް އެރޭ ގޮތަށް 15 އެއިރޯބްރިޖް ރާއްޖެއަށް އަންނަ މީހުންނަށް އިމިގްރޭޝަންގެ 28 ކައުންޓަރު ޖާގައިގެ ގޮތުން ތަނަވަސް ސަރަހައްދެއްގައި ބެގޭޖް ކްލިއާކުރުމަށް ހަތަރު ބެލްޓް ވީއައިއޭގެ އާ ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ