ވައްކަމުގެ ތުހުމަތުގައި 106ވަނަ ފަހަރަށް 33 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މިފަހަރު، ކަރަންޓު ނަރު ރޯލުތަކެއް ވަގަށް ނެގިކަމުގެ ތުހުމުތުގައި، އަދި ވައްކަމުގެ އެކި ތުުހުމަތުތަކުގައި ޖުމްލަ 106 ވަނަ ފަހަރަށް އުމުރުން 33 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން އެއީ، މ. ނަރުގިސްމާގެ، އުމުރުން 33 އަހަރުގެ ވާރިޝް ޝަމްސުއްދީނެވެ. އެގޮތުން މިފަހަރު، ފުލުހުން އޭނާ ހުއްޓުވީ، ކަޅު ކޮތަޅަކަށް ބަރު އެއްޗެހި ތަކެއް އަޅައިގެން ދަނިކޮށް، ފުލުހުން ޕެޓްރޯލުކުރަން އުޅޭތަން ފެނުމުން، މަޖީދީ މަގުން ގޮސް ޗަމްޕާމަގަަށް ބާރު ހިނގުމެއްގައި ދަނިކޮށެވެ. އޭނާ އަތުގައި އޮތް ކަޅު ކޮތަޅު ޗެކްކުރި އިރު އޭގެ ތެރެއިން ކަރަންޓު ހަތަރު ނަރު ރޯލު ފެނުނު ކަމަަށާއި، ސުވާލުކުރުމުން އެއީ މީހަކު އޭނާއަށް ދިން އެއްޗެއްކަމަށް އޭނާ ބުނެ، ދިން ނަންބަރުން އެ ދިންކަމަށް ބުނާ މީހާއާ ގުޅޭގޮތް ނުވުމުން ފުލުހުން އޭނާ ހައްޔަރުކުރީއެވެ. މީގެ ކުރިން އޭނާ ވައްކަމުގެ ތުހުމަތުގައި 105 ފަހަރު ހައްޔަރުކުރިއިރު 43 ފަަހަރު ބަންދަށް ބަދަލުކޮށްފައިވާކަން ކޯޓު އަމުރުގައިވެއެވެ. އަދި އޭގެ ތެރޭ ވައްކަމުގެ މައްސަލަތައް ވެސް ގިނަ އަދަދަކަށް ހުރިކަމަށް އަމުރުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ