އިމްރާންގެ 'ތަސްކަރީ'އަށް ތާރީޚީ ކާމިޔާބީއެއް
ނެޓްފްލިކްސްއިން މި މަހުގެ 14 ވަނަ ދުވަހު ސްޓްރީމްކުރަން ފެށި ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝިމީގެ ވެބް ސީރީޒް "ތަސްކަރީ: ދަ ސްމަގްލާސް ވެބް"އަށް ނެޓްފްލިކްސްގެ ގްލޯބަލް ޗާޓުން އެއްވަނަ މަގާމު ލިބި ތާރީޚުން ޖާގަ ހޯދައިފިއެވެ. ބެލުންތެރިންގެ ފަރާތުން ލިބުނު ހޫނު ތަރުހީބާ އެކު އިމްރާންގެ ވެބް ސީރީސް "ތަސްކަރީ" ވެފައިވަނީ ނެޓްފްލިކްސްއިން މިހާތަނަށް ގެނެސްދީފައިވާ އިންޑިއާ އުފެއްދުންތަކުގެ ތެރެއިން ދުނިޔޭގެ ޗާޓުން އެއްވަނަ ހޯދި ފުރަތަމަ އިންޑިއާ ސީރީސްއަށެވެ. މި ވެބް ސީރީސްއާ ގާތްކުރާ މިންވަރަށް ވެސް މިހާތަނަށް ބެލުންތެރިންގެ ތަރުހީބު ލިބުނު އިންޑިއާގެ ވެބް ސީރީސްއަކީ "ހީރާ މަންޑީ" އަދި ޝާހުގެ ދަރިފުޅު އަރިއަން ޚާންގެ "ދަ ބޭޑްސް އޮފް ބޮލީވުޑް"އެވެ. ނެޓްފްލިކްސްގެ އޮފިޝަލް ޑާޓާ ޕްލެޓްފޯމް ޓުޑުމްގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި 12 ޖަނަވަރީއިން ފެށިގެން 18 ޖަނަވަރީއާ ހަމައަށް އެކަނި ވެސް "ތަސްކަރީ" ސީރީސް ބެލި މީހުންގެ އަދަދު 5.4 މިލިއަނަށް އަރައެވެ. އިމްރާންގެ ވެބް ސީރީސް "ތަސްކަރީ"ގެ ޕޯސްޓަރެއް--ފޮޓޯ/ޕިންކްވިލާ އިމްރާން ލީޑް ރޯލް ކުޅެފައިވާ މި ސީރީސްއަށް ބެލުންތެރިންގެ ފަރާތުން ލިބުނު ހޫނު ތަރުހީބާ ގުޅިގެން އެކްޓަރު ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. އިމްރާންގެ މެސެޖުގައި ބުނެފައިވަނީ ތެދުވެރިކަމާ އެކު ހަގީގަތާ އެއްގޮތަށް ގެނެސްދޭ ވާހަކަތަކަކީ ވަރަށް ދުރަށް ދަތުރުކުރާ ވާހަކަތަކެއް ކަމަށާއި އެކަން ބެލުންތެރިން ސާބިތުކޮށްދީފި ކަމަށެވެ. ޑައިރެކްޓަރު ނީރަޖް ޕާންޑޭ ގެނެސްދިން ހަތް އެޕިސޯޑުގެ މި ސީރީސް ބިނާކޮށްފައި ވަނީ އެއަޕޯޓުތަކުގައި ގާނޫނާ ޚިލާފަށް ހިންގާ ވިޔަފާރި ނެޓްވޯކްތައް އަތުލައިގަތުމުގައި ކަސްޓަމްސް އޮފިސަރުން ކުޅޭ ދައުރުގެ މައްޗަށެވެ. އިމްރާންގެ އިތުރުން "ތަސްކަރީ"ގެ މުހިއްމު ރޯލްތައް ކުޅެފައިވާ އެކްޓަރުންގެ ތެރޭ ޝަރަދު ކެލްކަރު، އަމްރުތާ ޚާންވިލްކަރު، ޒޯޔާ އަފްރޯޒް އަދި ނަންދިޝް ސަންދޫ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ