ކަނޑުތަކާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް އުރީދޫއިން އެކްރޮސް މޯލްޑިވްސްއާ ގުޅިއްޖެ

ރާއްޖޭގެ ކަނޑުތަކާ މެދު ހޭލުންތެރިކަން އުފެއްދުމުގެ މަގުސަދުގައި "އެކްރޮސް މޯލްޑިވްސް" އިން ކުރާ ޑައިވްގައި އުރީދޫއިން ބައިވެރިވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން އުރީދޫއިން ބުނީ ކަނޑުތައް ހިމާޔަތް ކުރުމަށް
އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ދުނިޔޭގެ ރެކޯޑް މުގުރާލުމަށް "އެކްރޮސް
މޯލްޑިވްސް" އިން ކުރަމުންދާ އަޑީ ސީ އެކްސްޕެޑިޝަނެއްގައި ދުނިޔޭގެ ރެކޯޑް
މުގުރާލުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބޭ އުފަލެއް ކަމަށެވެ.
އެކްރޮސް މޯލްޑިވްސް އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްއިން އެހީތެރިކަން ފޯރުކޮށްދެމުންދާނޭކަމަށް އެކުންފުނިން ބުންޏެވެ. 460 ކިލޯމީޓަރަށް
ދިގު މި ދަތުރުގައި 90 ގަޑިއިރަށް ވުރެ ދިގު މުއްދަތަކަށް ކަނޑުއަޑީގައި ދަތުރު
ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގެ މަޤްޞަދަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް
ޙިމާޔަތްކުރުމާއި، ކަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމަށް އާންމުން
ހޭލުންތެރިކުރުވުމެވެ.
އުރީދޫއިން ބުނީ ޑިޖިޓަލް ކަނެކްޓިވިޓީގެ ޒަރިއްޔާއިން ރާއްޖޭގެ ކަނޑުތަކުގެ
ވާހަކަ މުޅި ދުނިޔެއާ ހިއްސާ ކުރެވިގެންދާނޭކަމަށާއި، މި ޕާޓްނަރޝިޕްގެ ސަބަބުން އުރީދޫ މޯލްޑިވްސްއިން
ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައުގައި ކުރިއަށްދާ އިނޮވެޓިވް މަސައްކަތްތަޢް
ކުރިއެރުވުމަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭކަމަށެވެ.
ޓެކްނޮލޮޖީ އާއި މުޖުތަމައަށް ފައިދާ ކުރަނިވި ކަންކަމުގައި ރާއްޖޭގެ އެކި
ކަންކޮޅުތަކަށް ރަނގަޅު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އުރީދޫއިން ކުރަމުންދާއިރު، މި ޑައިވް އެކްސިޝަންގެ
ސަބަބުން ރާއްޖެއަކީ ދުނިޔޭގެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލެއްގެ އިތުރުން
ކަނޑުތައް ހިމާޔަތްކުރުމުގައި ބައިނަލްއަޤްވާމީ ޗެމްޕިއަން ޤައުމަކަށްވެގެންދާނެ
ކަމަށް އުރީދޫއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ