ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ އަމާން ދޯދި ޓަވަރު އެކެއްގައި ގްރައުންޑް ފްލޯގައި ހުރި ކުނިތަކެއްގައި ރޯވެ އިއްޔެ ހިނގި އަލިފާނުގެ ހާދިސާއަށް ފަހު މިހާރު އާންމު ހާލަތަށް ގެނެވިފައި ވާ ކަމަށް އެފްޑީސީން ބުނެފިއެވެ.
އެފްޑީސީން ބުނީ އެ ސަރަހައްދު މިހާރު އާންމު ހާލަތަށް ގެނެވިފައި ވާކަމަށާއި، މި ހާދިސާއާއި ގުޅިގެން ޓަވަރުގައި ދިރިއުޅޭ ފަރާތްތަކާ ހިއްސާ ކުރަން ޖެހޭ މައުލޫމާތު ވައިބާ ގްރޫޕް މެދުވެރިކޮށް ހިއްސާކުރެވިފައި ވާކަމަށެވެ.
މީގެ އިތުރުން އެފްޑީސީން ބުނީ އެ ކޯޕަރޭޝަނުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ދެނެގަތުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި މި ހާދިސާގައި އިމާރާތަށް ލިބިފައިވާ ގެއްލުންވެސް ދެނެގަނެ ކުރަން ޖެހޭ މަރާމާތުތައް ކުރުމުގެ މަސައްކަތްވެސް ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.
އިތުރަށް އެފްޑީސީން ބުނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުނި އުކާލަން ހާއްސަކުރެވިފައިވާ ސަރަހައްދު ފިޔަވާ އެހެން ތަންތަނަށް ކުނި އުކުމަކީ މަނާކަމެއް ކަމުގައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާގައި 47 އަހަރު ހޭދަކުރެއްވި އަލީ ޝަރީފް ރިޓަޔާ ކުރައްވައިފި މީދޫގައި، ފަރުތޮޅިއެއް ހަމަލާދިނުމުގެ ސަބަބުން މީހަކު ސީރިއަސް ހާލަތެއްގައި! ކުންފުނިތަކުގެ ޝަކުވާއާ ގުޅިގެން ހެލިކޮޕްޓަރު ޚިދުމަތުގެ އުސޫލު ބަދަލުކޮށްފި ފައްޔާޒަށް މަރުގ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ