ދަރިވަރުންނަށް ކުރާ އިންވެސްޓްމަންޓަކީ ހަރުދަނާ ގައުމެއް ބިނާކުރަން ކުރެވޭ މުހިންމު މަސައްކަތެއް: ރައީސް
ދަރިވަރުންގެ ކުރިއެރުމަށް ކުރެވޭ އިންވެސްޓުމަންޓަކީ ހަމައެކަނި އެ ކުދިންގެ މުސްތަބަލަށްޓަކައި ކުރާ ކަމެއް ނޫން ކަމަށާއި އެއީ ހަރުދަނާ ގައުމެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ތައުލީމީ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، ތައުލީމަކީ ދެމެހެއްޓެނިވި ތަރައްގީއާއި ދުނިޔެއަށް އަންނަ ކުރިއެރުމުގެ މައިގަނޑު ބިންގާކަން މިއަދު ހަނދާންކޮށްދޭ ކަމަށެވެ. އެ ގޮތުން، ތަޢުލީމީ ނިޒާމު ބައްޓަންކުރުމުގައި ޒުވާނުންގެ ދައުރު ފުޅާކޮށް، އެ ކުދިން ބާރުވެރި ކުރުވުމަށާއި ހެޔޮ ބަދަލުތަކެއް ގެންނާނެ ފަދަ އުނގެނުމުގެ މާޙައުލެއް ކަށަވަރުކޮށްދިނުމަށް މިއަދު އަޒުމު އާކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާއި ރައީސް ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ/ ރައީސް އޮފީސް އެ މަނިކުފާނު ވިދާޅުވީ، ތަޢުލީމަކީ ގައުމީ ތަރައްޤީގެ އެންމެ މުހިންމު ތަނބުކަމުގައި ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ. މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، ހިލޭ ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން 6,000 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވާ ކަމަށާއި އެ ދަރިވަރުންގެ ތަޢުލީމީ ލޯނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޫކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރަށް، ދަރިވަރުންގެ ކުރިއެރުމަށް އިންވެސްޓްކޮށް، ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަކީ ހަމައެކަނި އެ ކުދިންގެ މުސްތަޤުބަލު ބައްޓަންކުރުމެއް ނޫން ކަމަށާއި އެއީ ހަރުދަނާ ޤައުމެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ރައީސް ލިޔުއްވާފައިވެއެވެ. އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، ކޮންމެ ދަރިވަރަކީ ވެސް ކާމިޔާބު މީހަކަށްވެ، އެ ކުއްޖަކަށް ޤައުމީ ތަރައްޤީގައި ފުރިހަމައަށް ހިއްސާވެވޭނެ މަގު ފަހިކޮށްދެވޭނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. https://sun.mv/216589 ފާހަގަކުރެވޭ ގޮތުގައި، ފާއިތުވެދިޔަ ދެ އަހަރުން ފެށިގެން ސަރުކާރުގެ ލޯނުގައި 1،438 ކިޔަވަމުން އަންނައިރު، 1،211 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. މިދިޔަ އަހަރުން ފެށިގެން 596 ދަރިވަރަކު ލޯނުގައި ކިޔަވަމުން އަންނައިރު، 660 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. މި ވަގުތު އެކަނި ވެސް ސަރުކާރުގެ ލޯނުގައި 1،740 ދަރިވަރަކު ރާއްޖެއާއި ރާއްޖޭން ބޭރު 36 ގައުމެއްގައި ކިޔަވަމުން އަންނަ ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، މަތީ ތައުލީމު ހާސިލުކުރާ ފިރިހެން ދަރިވަރުންނަށްވުރެ އަންހެން ދަރިވަރުން އިތުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ