އައްޑޫ ސިޓީގެ ހުރިހާ މަރުކަޒެއްގައި ވޯޓުލުން ފަށައިފި

އައްޑޫސިޓީގެ ވޯޓުލާ ހުރިހާ މަރުކަޒެއްގައި ކަނޑައެޅިފައިވާ ވަގުތަށް ވަނީ ވޯޓުލާން ފަށައިފިއެވެ. އައްޑޫ ސިޓީގައި މުޅި ޖުމްލަ 23 ވޯޓުފޮށި ބަހައްޓާފައިވެއެވެ.
އައްޑޫ ސިޓީގައި އެންމެ ގިނަ ވޯޓުފޮށި ބަހައްޓާފައިވަނީ ހިތަދޫގައެވެ. ހިތަދޫގައި ޖުމްލަ 13 ވޯޓުފޮށި ބަހައްޓާފައިވެއެވެ. އެއީ ހިތަދޫގެ ރައްޔިތުން ވޯޓުލުމަށް ބަހައްޓާފައިވާ 12 ވޯޓު ފޮށްޓާއި، ހިތަދޫގައި ތިބި އެހެނިހެން ރަށްރަށުގެ ނުވަތަ ދާއިރާތަކުގެ ރައްޔިތުން ވޯޓުލުމަށް ބަހައްޓާފައިވާ ފޮއްޓެވެ.
ހިތަދޫގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ 8786 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. އެހެނިހެން ދާއިރާތަކުގެ ރައްޔިތުންގެ ތެރެއިން 568 މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ.
- އައްޑޫސިޓީ ހިތަދޫ ސްކޫލްގައި 5 ވޯޓުފޮށި
- އައްޑޫސިޓީ ހިތަދޫ ނޫރާނީ ސްކޫލް 4 ވޯޓުފޮށި
- އައްޑޫސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލް 2 ވޯޓުފޮށި
- އައްޑޫސިޓީ، އައްޑޫ ހައި ސްކޫލްގައި 2 ވޯޓު ފޮށި
- އައްޑޫ ސިޓީ، މަރަދޫ ސްކޫލް 2 ވޯޓު ފޮށި
- އައްޑޫ ސިޓީ، އިރުޝާދިއްޔާ ސްކޫލް، އެއްވޯޓުފޮށި
މަރަދޫއިން ޖުމްލަ 1968 މީހުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވެއެވެ. މީގެއިތުރުން މަރަދޫ ފޭދޫގައިވެސް އެރަށުގެ ރައްޔިތުން ވޯޓުލުމަށްޓަކައި ދެ ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މަރަދޫ ފޭދޫގެ ދެފޮށި ވެސް ބަހައްޓާފައި ވަނީ އައިޔޫއެމް ކެންޕަހުގައެވެ. މަރަދޫ ފޭދޫއިން 954 މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވޭ.
ފޭދޫގައި ޖުމްލަ 5 ވޯޓުފޮށި ބަހައްޓފައިވޭ. އައްޑޫ ސިޓީގައި ދެވަނައަށް އެންމެ ގިނަ ވޯޓުފޮށި ފަހައްޓާﷲައިވަނީވެސް ފޭދުގައެވެ. ފޭދުގެ ހުރިހާ ވޯޓުފޮށްޓެއްވެސް ބަހައްޓާފައިވަނީ ފޭދޫ ސްކޫލްގައެވެ. ވޯޓުލުމަށްޓަކައި ފޭދޫގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 2917 މީހުން ރަޖިސްޓްރީ ވެފައިވެއެވެ.
މިއަދު މި ބާއްވާ އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދާނީ ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ. ވޯޓުލުމަށްޓަކައި ބޭނުންކުރެވޭނީ ދިވެހި ރައްޔިތެއްކަން އަންގައިވޭ ކާޑު، ދިވެހި ޕާސްޕޯޓު، ޑްރައިވިން ލައިސަންސް ކާޑު، ޕާސްޕޯޓް ކާޑު ހިމެނޭހެން މި ހަތަރު ލިޔުމެވެ. އަދި މި ލިޔުން ތަކަކީ މުއްދަތުހަމަނުވާ ފޮޓޯޖެހި އައިޑީކާޑޫ ނަމްބަރާއި، ނަން އަދި މަޢޫލޫމާތު ސާފުކޮށް ރަނގަޅަށް ކިޔަން އެނގޭ ލިޔުމަކަށްވެސް ވާންވާނެއެވެ. މިއިން އެއްވެސް ލިޔުމެއްގެ ޑިޖިޓަލް ފޮޓޯއެއް ނުވަތަ ޕްރިންޓެއްވެސް ވޯޓުލުމަށް ބޭނުމެއް ނުކުރެވެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ