އީރާނުގެ ތެޔޮ އަތުލަން އިތުރުވަގުތު ބޭނުން: ޓްރަމްޕް

އީރާނުގެ ތެޔޮ ސިނާޢަތް އަތުލުމަށްޓަކައި މިހާރު ކުރަމުންދާ ހަނގުރާމައަށް އިތުރު ވަގުތު ބޭނުންވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. އޭނާ މިހެން ބުނީ އީރާނުގެ ތެޔޮ ސިނާއަތް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް އެ ގައުމުން ވިސްނަމުންދާކަން ހާމަކުރަމުންނެވެ.
އީރާނުގެ ތެޔޮ "އަތުލާނެ" ކަމަށް ޓްރަމްޕް ބުނުމަކީ އޭނާގެ ވާހަކަތައް އިތުރަށް ހަރުކަށިވުމެވެ. ހުކުރު ދުވަހު ފަހުގެ ވަގުތެއްގައި ޓްރަމްޕްގެ 'ޓްރުތް ސޯޝަލް' ޕްލެޓްފޯމްގައި އޭނާ ވަނީ "ތެޔޮތައް ބަހައްޓަންވީތޯ؟" މިހެންވެސް ލިޔެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ