އެމްޑީޕީން މިވަނީ ބޮޑުތަނުން ސަރުކާރު ބަލިކޮށްފައި: ނަޝީދު

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާގައި އެމްޑީޕީން ސަރުކާރު ބޮޑުތަނުން ބަލިކޮށްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ތިން އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، މިއަދު ނެގި ވޯޓުގައި އެމްޑީޕީން ވަރަށް ބޮޑުތަނުން ސަރުކާރު ބަލިކޮށް ކާމިޔާބީ ހޯދާފައިވާ ކަމަށާއި ރާއްޖޭގެ ހުރިހާ ސިޓީއަކުންނާއި ގިނަ ރަށްރަށުން އަދި ނެގުނު ފެންނަ ނުފެންނަ ވޯޓުގައި ވެސް ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނެފައިވާ ކަމަށެވެ.
ނަޝީދުގެ ޕޯސްޓުގައި ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް އަދި ވާދަވެރިންނަށް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ