ސިޓީތަކުން ޕީއެންސީއަށް އެންމެ 5 ގޮނޑި، އެމްޑީޕީއަށް ފުރިހަމަ މެޖޯރިޓީ

އިއްޔެ ކުރިއަށް ގެންދިޔަ ކައުންސިލް އިންތިހާބުގައި ފަސް ސިޓީގެ މުޅި މެޖޯރިޓީ އެމްޑީޕީން ހޯދާފައިވާކަން ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.
ވީކިހިނެއް؟ - މިހާތަނަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމުކޮށްފައިވާ ނަތީޖާތަކާއި 'ދައުރު'އަށް ލިބިފައިވާ ނަތީޖާތަކުން، ވެރިކަންކުރާ ޕީއެންސީއަށް ސިޓީތަކުން ލިބެނީ އެންމެ ފަސް ގޮނޑި އެވެ.
ތަފްސީލް - އޭގެ ތެރެއިން ދެ ގޮނޑިއެއްގެ ނަތީޖާ ވާދަވެރިކަމަށް ދައްކާއިރު އެއިން އެއް ގޮނޑި ނުވަތަ ދެ ގޮނޑި ޕީއެންސީއަށް ނުލިބުމަކީ ވެސް ވެދާނެ ކަމެކެވެ.
ވެރިރަށް މާލޭގެ ގޮނޑިތަކުގެ ތެރެއިން ޕީއެންސީއަށް ކާމިޔާބުވަނީ ވިލިމާލޭގެ ގޮނޑި އެކަންޏެވެ. މިހާތަނަށް ނަތީޖާތައް ދައްކާ ގޮތުން ވިލިމާލޭގެ ކައުންސިލް ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު އިބްރާހީމް ސަމާހެވެ.
މާލޭގެ ދެން ހުރި ގޮނޑިތައް ކާމިޔާބުކުރަނީ އިދިކޮޅު އެމްޑީޕީންނެވެ. އެ ގޮތުން:
ހުޅުމާލެ ދެކުނު - އަހުމަދު ގާލިބު
މާފަންނު ހުޅަނގު - މުހައްމަދު ރިލްވާން އަލީ
މާފަންނު މެދު - އައިޝަތު ހަނާ
މާފަންނު ދެކުނު - އިބްރާހީމް ލަބާން ޝަރީފު
ހެންވޭރު ހުޅަނގު - ފާތިމަތު ސަހުލާ
މައްޗަންގޯޅި މެދު - ހައްވާ ޝިފާނާ
ހުޅުމާލެ މެދު - ސަފާއަތު އަހުމަދު ޒާހިރު
ހުޅުމާލެ އުތުރު - ފާތިމަތު ޒަހިއްޔާ
މެދު ހެންވޭރު - މީކާއީލް މުހައްމަދު ރިޔާޒު
ހެންވޭރު ދެކުނު - އާއިޝަތު ނާޒިމާ
ހެންވޭރު އުތުރު - ފާތިމަތު ލައިޒާ
ގަލޮޅު އުތުރު - އާމިނަތު އިރާޝާ މުހައްމަދު
ގަލޮޅު ދެކުނު - އިސްމާއީލް ހަލީމް
މައްޗަންގޮޅި އުތުރު - ޚަދީޖާ މުހައްމަދު
މައްޗަންގޮޅި ދެކުނު - ފަރުހާން ޝަފީއު
މާފަންނު އުތުރު - ހުސައިން ފުރުޝާން
އައްޑޫން ވެސް ޕީއެންސީ ކުރިހޯދަނީ އެންމެ ގޮނޑިއެއްގަ އެވެ. އެއީ ހިތަދޫ މޫލެކެ ގޮނޑިއަށް ކުރިމަތިލި ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދެވެ. ނަމަވެސް މިހާތަނަށް އީސީން އާންމުކުރި ނަތީޖާގައި އޭނާ ކުރި ހޯދަނީ އެންމެ 20 ވޯޓުންނެވެ.
އައްޑޫގެ އެހެން ގޮނޑިތައް ކާމިޔާބުކުރަނީ އެމްޑީޕީންނެވެ. އެއީ:
ފޭދޫ މާދެލެ - އިސްމާއީލް ސައީދު
ހިތަދޫ ކޮރޮވައު - އިބްރާހީމް ޝިނާޒު
ހިތަދޫ ބޭރުމަތި - މަރިޔަމް ސައީދާ
ހިތަދޫ މެދަވައު - މުހައްމަދު ޝުއާއު
ހިތަދޫ ރަސްގެދެރަ - ހުސައިން ޒަރީރު
ހިތަދޫ މާމެންދޫ - ޑރ. އާމިނަތު އަދާލާ ރަޝީދު
މަރަދޫ - ނުސްރަތު ރަޝީދު
މަރަދޫފޭދޫ - އަގީލް މުހައްމަދު
ފޭދޫ މަގުއްދޫ - އައިޝަތު ޒަހާ އަލީ
ފުވައްމަލަކުގެ ނަތީޖާތަކަށް ބަލާއިރު އެމްޑީޕީން ވަނީ އެމްޑީޕީން ކުރިމަތިނުލި ގޮނޑި ފިޔަވައި އެހެން ހުރިހާ ގޮނޑިއެއް ވެސް ކާމިޔާބުކޮށްފަ އެވެ. އެމްޑީޕީން ކުރިމަތިނުލަނީ ދަޑިމަގު ގޮނޑިއަށެވެ. އީސީން އާންމުކުރި ނަތީޖާއިން ދައްކާ ގޮތުގައި އެ ގޮނޑިއަށް ކުރިމަތިލި ދެ ކެންޑިޑޭޓުންނަށް ވެސް އަދި ވޯޓު ލިބިފައިވަނީ ހަމަހަމަކޮށެވެ. އެއީ:
ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އަބްދުއްގާދިރު %50
އަމިއްލަ ކެންޑިޑޭޓު ޝީޒާ އިބްރާހީމް %50
އެމްޑީޕީން ކާމިޔާބުކޮށްފައިވަނީ:
ދިގުވާޑު - ހަސަން ފިރުޝާން
ހޯދަޑު - އައިޝަތު އިބްރާހީމް
މާދަޑު - ފާތިމަތު މާޝާ
މިސްކިތްމަގު - ފާތިމަތު ލިރާރު
ފުނާޑު - އައިޝަތު އިނާޔާ
މާލެގަން - ހަދީޖާ މޫސާ
ދޫޑިމަގު - މަރިޔަމް ޒަހީނާ އަހުމަދު
އެންމެ އުތުރުން އެންމެ އާބާދީ ބޮޑު ކުޅުދުއްފުށިން ވެސް ޕީއެންސީއަށް ލިބެނީ އެންމެ ގޮނޑިއެކެވެ. އެއީ ހުޅަނގު އުތުރު ގޮނޑިއަށް ކުރިމަތިލި، މިހާރު ވެސް އެ ދާއިރާގެ ކައުންސިލަރު އިބްރާހީމް އަހުމަދެވެ.
މީގެ ފަސް އަހަރު ކުރިން އެމްޑީޕީއަށް ކައުންސިލް ހުރިހާ ގޮނޑިއެއް ކާމިޔާބުވި ހަމައެކަނި ސިޓީ، ކުޅުދުއްފުށީގެ މި ފަހަރު މޭޔަރު ގޮނޑި ހިމެނޭ ގޮތަށް 6 ގޮނޑި ކާމިޔާބުކުރި އެވެ. އެއީ:
އުތުރު - އަހުމަދު އަބްދުﷲ
މެދު އުތުރު - އަކްބަރީ މުހައްމަދު
މެދު ދެކުނު - މުހައްމަދު ޝައިމަން އާދަމް ސަލީމް
ހުޅަނގު - ރިލްވާން މުހައްމަދު
އިރު ދެކުނު - ސަލްމާ މުހައްމަދު
އެމްޑީޕީގެ މިދިޔަ ސަރުކާރުގެ އެންމެ ފަހުކޮޅު ސިޓީއެއްގެ ދަރަޖަ ދިން ތިނަދޫ ސިޓީގެ ގޮތުގައި ބޭއްވި ފުރަތަމަ އިންތިހާބުގައި އެމްޑީޕީން ވަނީ ދެ ގޮނޑި ފިޔަވައި އެހެން ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފަ އެވެ. ޕީއެންސީން ކާމިޔާބުކުރި ދެ ގޮނޑިއަކީ:
ހުޅަނގު ދެކުނު - އައިޝަތު ފަޒީލާ އަހުމަދު
ދެކުނު މެދު - ސަކައުﷲ ޝަމީމް
އެމްޑީޕީން ކާމިޔާބުކުރީ:
ހުޅަނގު އުތުރު - ނަސްރުﷲ އަލީ
އުތުރު މެދު - މުހައްމަދު ވިފާގު ހަސަން
އިރު އުތުރު - މާޒިނާ ހަސަން
އިރު ދެކުނު - އަހުމަދު ޝިޔާޒު ނައީމް
އެނގުން މުހިންމު - ހުރިހާ ސިޓީއަކުން ވެސް ވަނީ މިހާރު އެ ސިޓީއެއްގައި ހުރި އެމްޑީޕީގެ މޭޔަރު ދެވަނަ ދައުރަކަށް އިންތިހާބުވެފަ އެވެ. އެ ގޮތުން:
ފުވައްމުލައް މޭޔަރު އިސްމާއީލް ރަފީގު - %64 ވޯޓުން
އައްޑޫ މޭޔަރު އަލީ ނިޒާރު - %65 ވޯޓުން
މާލޭގެ މޭޔަރު އާދަމް އާޒިމް - %45 ވޯޓުން
ތިނަދޫ މޭޔަރު ސައުދު އަލީ - %51 ވޯޓުން
ކުޅުދުއްފުށި މޭޔަރު މުހައްމަދު އާތިފް - %69 ވޯޓުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ