އަންގާރައާއި ބުދައިގައި ވިއްސާރަ ކުރާނެ، އެއަށްފަހު އަނެއްކާވެސް އޮތީ ހޫނު ގަދަ ދުވަސްތަކެއް

އަންނަ އަންގާރަ ދުވަހާއި ބުދަ ދުވަހު ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަ ކުރިނަމަވެސް، ކުރިއަށް އޮތީ ހޫނު ގަދަ ދުވަސްތަކެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ. މެޓު އޮފީހުން މިއަދު 'ސަން'އަށް ބުނީ، މާދަމާ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ. ނަމަވެސް، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ. އެ އިދާރާއިން ބުނި ގޮތުގައި، އަންނަ އަންގާރައާއި ބުދަ ދުވަހު މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެއެވެ. އެ ދުވަސްތަކުގައި ވައިޖެހޭނީ 10 މޭލާ 20 މޭލާ ދެނެދު ބާރުމިނުގައި ކަމަށް މެޓުން ވަނީ ބުނެފައެވެ. އަދި، އަންގާރައާއި ބުދަ ދުވަހުގައި ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އޭގެފަހުން މޫސުން ރަނގަޅުވެ، ކުރިއަށް އޮތް ދުވަސްތަކުގައި ހޫނު ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. https://sun.mv/220129 އާންމުކޮށް ކޮންމެ އަހަރެއްގެ އޭޕްރީލް މަހާއި މާރިޗު މަހަކީ، ހޫނު ގަދަ ދުވަސްވަރެކެވެ. އެގޮތުން، މިއަދު ވެސް އިހުސާސްކުރެވޭ ހޫނުމިން ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ހުރީ 36 ޑިގްރީ ސެލްސިއަސްއިން މަތީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ