ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން ފޮނުވާ މެޝިނަރީ އާއި ފޮތްތަކާއެކު އަންގާރަ ދުވަހު އާންމު އުސޫލުން ކިޔެވުން ފެށުމަށް އެ ސްކޫލުން ތައްޔާރުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހުގެ ދަންވަރު 12:15 ހާއިރު ހިނގި މި ހާދިސާގައި އެ ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމްގެ އިތުރުން ސްމާޓް ކްލާސްރޫމެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދޭ ގޮތުގައި ދަންވަރު 1:26 ހާއިރު އަލިފާން ކޮންޓްރޯލްކޮށް، މުޅިން ނިވާލެވުނީ 2:50 ހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ވިލިނގިލީ ސްކޫލަށް ބޭނުންވާ ސާމާނު ގެންގޮސް ކިޔެވުން ފަށަން ތައްޔާރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ