އިރާން ހަނގުރާމަ: އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި އިރާން ހަނގުރާމަ: އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި

އެމެރިކާއާއި އިސްރާއީލުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމާއެކު މެދުއިރުމަތީގެ އެކި ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދެމުންދާ ހަމަލާތައް އިރާނުން ވަރުގަދަކޮށްފި އެވެ.
ޔޫއޭއީގެ ދުބާއީ އާއި ގަތަރުގެ ދޯހާ އަދި ބަހުރެއިންގެ މަނާމާގައި ހުރި މަރުކަޒުތަކަކަށް އިރާނުގެ ހަމަލާތައް ވަނީ އަމާޒުކޮށްފަ އެވެ.
ފުރަތަމަ ފަހަރަށް އިރާނުގެ ހަމަލާއެއް ވަނީ އޮމާނުގެ ސަރަހައްދަކަށް ދީފަ އެވެ. މި ހަމަލާ ދިނީ އެ ގައުމުގެ ވިޔަފާރި ބަނދަރަކަށެވެ.
ދުބާއީގެ މަތިން އިންޓަސެޕްޓު ކުރި އިރާނުގެ މިސައިލަކުން ވެއްޓުނު ބައިތަކެއްގެ ސަބަބުން ދެ މީހުންނަށް އަނިޔާވި އެވެ. ދުބާއީގެ މައި އެއާޕޯޓާއި، ބުރުޖު އަލް އަރަބް އަދި ޕާމް ޖުމެއިރާއަށް އެކި ވަރުގެ ގެއްލުން ވަނީ ވެފަ އެވެ.
ޔޫއޭއީން ބުނެފައިވާ ގޮތުގައި އިރާނުން އެ ގައުމަށް 137 މިސައިލް އަދި 209 ޑްރޯން ފޮނުވި އެވެ.
މި ހަމަލާތަކުގެ ސަބަބުން މުޅި މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރު އެއްކޮށް ހުއްޓިފައިވާއިރު އިގުތިސޯދީ ބޮޑެތި ގެއްލުންތަކެއް އަންނަނީ ވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ