'ބިންވެރިޔާ' ސްކީމުން ގޯތި ލިބި އޭގެ އެގްރިމަންޓް ކަމަށް ފޯޖުކޮށްފައިވާ ކަމަށް ބެލެވޭ އެއްބަސްވުމެއް ހުށަހެޅިކަމުގެ ތުހުމަތުގައި އެމްޑަބްލިޔުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއި އިތުރު ބަޔެއްގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން ބުނީ 'ބިންވެރިޔާ' ސްކީމުން ގޯތި ނުލިބޭ ބަޔަކު، ގޯތި ލިބިފައިވާކަމަށް ދައްކައި ސައްހަ ނޫން ލިޔެކިޔުން ހަދައިގެން އެޗްޑީސީއަށް ހުށަހަޅާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާ ކުރަން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ތަފްސީލް - އެ މައްސަލަ ފެންމަތިވި އިރު އެޗްޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، ފަޒީލްގެ މައްޗަށް ކުރަނީ އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.
ގާނޫނުލް އުގޫބާތުގެ 310 ގެ (ހ)ގެ ދަށުން އެ ދައުވާ ކުރަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާކަން ދައްކައި، އެ ގޯތީގެ ވަށާފާރު ރޭނުމުގެ މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށް އެ ގޯތީގެ ސައްހަނޫން އެއްބަސްވުމާއި ސައްހަނޫން ރަޖިސްޓްރީ އެެޗްޑީސީއަށް ހުށަހަޅާފައިވާތީ އެވެ.
ފަޒީލްގެ އިތުރުން އިތުރު ބަޔެއްގެ މައްޗަށް ވެސް މި ދައުވާ ކުރުމަށް ވަނީ ކޯޓަށް ފޮނުވައިފަ އެވެ.
އެއީ:
މަރިޔަމް ސާއީ، ހަޒާރުމާގެ/ސ. ހިތަދޫ
އީމާ ވަހީދު، ދިލް/ދޫޑިގަން، ފުވައްމުލައް
އައިޝަތު މައުރޫފާ، ދަފްތަރު ނަންބަރު ރސ.9044
މުހައްމަދު އާދަމް، ހުޅުމާލެ ފްލެޓު 46-ޖީ-02
އަބްދުލްމަޖީދު މާހިރު، ޖަމީލާ/ހއ. ދިއްދޫ
ހުސެން ޒާހިރު ޒައިނު، މ. ވެސްޓްކޯސްޓް
އަޝްހަދު އަލީ، މ. ފަޅުމަތީގެ
އަހުމަދު އަލީ، މ. ފަޅުމަތީގެ
މީގެ އިތުރުން މި މައްސަލާގައި ސައްހަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އަރުޝަދު އަލީ، މ. ފަޅުމަތީގޭގެ މައްޗަށް ކުރުމަށް ވަނީ ކޯޓަށް ފޮނުވައިފަ އެވެ.
އޭނާގެ މައްޗަށް މި ދައުވާ ކުރަނީ ބިންވެރިޔާ ސްކީމްގެ މަސައްކަތުގައި އުޅެމުންދިޔަ އަހުމަދު މާޒިން، ޑޭޒީމާގެ/ނ. ވެލިދޫއާ ބައިވެރިވެގެން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްގުވެރިންކަމަށް ރަމްޒުކޮށްދޭ ސައްހަނޫން ރަޖިސްޓްރީ އާއި އެއްބަސްވުތަކެއް އުފައްދައިފައިވާތީ
މި މައްސަލާގައި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ ދެ މީހެއްގެ މައްޗަށް ކޮށްދިނުމަށް ވެސް ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ. އެ މީހުންނަީ
އަހުމަދު އަތީގު އަބްދުﷲ، ގ. ޕޫލްބަހާރުއާގެ
އަހުމަދު މާޒިން، ޑޭޒީމާގެ/ނ. ވެލިދޫ
މި ދެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އަދި ގުޅީ ފަޅުން ބިން ދޫކުރުމަށް ފޯމު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލިއިރު އާންމުން ހުށަހެޅި ފޯމުތަކުގެ މަސައްކަތްކުރުމުގައި އުޅެމުން އެ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްގުވެރިކަން އެނގޭނޭ ސައްހަނޫން ރަޖިސްޓްރީ އަދި އެއްބަސްވުން އުފައްދާފައިވާތީ
ގުޅުން ހުރި - ޕީޖީ އޮފީހުން ބުނީ ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލާގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭތީ އެ ބައިތައް ވަކި މައްސަލައެއް ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ނިމުމުން ދައުވާކުރުމާމެދު ޕީޖީން ގޮތެއް ނިންމާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ބިންވެރިޔާ މައްސަލާގައި ފަޒީލް އާއި އިތުރު 11 މީހަކަށް ދައުވާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ