ނިއުގެ ޓެކްނިކަލް ޑިރެކްޓަރަކަށް ސުޒެއިން، ހެޑު ކޯޗަކަށް އަންދްރޭ
އާއިލީ ސަބަބުތަކުގެ ސަބަބުން ނިއުރޭޑިއަންޓުގެ ހެޑު ކޯޗުކަމުން ވަކިވެ އެ ކުލަބުގެ ޓެކްނިކަލް ޑޑިރެކްޓަރުކަމާ އަލީ ސުޒެއިން ހަވާލުވެއްޖެއެވެ. މިކަމާ ގުޅޭގޮތުން ނިއުގެ ސޯޝަލް މީޑިއާގައި ނިއުއިން އާންމުކުރި ބަޔާނުގައި ބުނީ ސުޒޭން ހެޑް ކޯޗުގެ މަގާމުން އިސްތިއުފާ ދޭން ނިންމީ އޭނާގެ އަމިއްލަ އާއިލީ ކަމެއް ދިމާވުމުގެ ސަބަބުން ކަމަށާއި ނަމަވެސް، ކްލަބުގެ ކުރިއެރުމަށް އޭނާގެ ދައުރު އަދިވެސް އޮންނާނެ ކަމަށެވެ. މި މަގާމާއެކު ސުޒެއިން މަސައްކަތް ކުރާނީ ކްލަބުގެ މެނޭޖްމަންޓާ ގާތުން، ޓީމުގެ ކުރިމަގު ބައްޓަންކުރުމާއި ގެންނަންޖެހޭ ޓެކްނިކަލް ބަދަލުތައް ގެނައުމަށް ކަމަށް އެ ކުލަބުން ބުނެއެވެ. އަދި ނިއުއިން ވަނީ ހެޑު ކޯޗެއްގެ ގޮތުގައި ސުޒެއިން ކުރި މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ. މީގެއިތުރުން އެ ކުލަބުން ވަނީ ހެޑު ކޯޗަކަށް މިހާރު ޓެކްނިކަލް ޑިރެކްޓަރުކަމުގައި ހުރި ސްޕެއިންގެ ފްރަންސިސްކޯ މެނުއަލް ކައިންޒޯސް އައްޔަނުކޮށްފައެވެެ. އެއާއެކު ކުރިއަށްއޮތް އެފްއޭ ކަޕުގައި ނިއުގެ ހެޑު ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނީ އޭނާއެވެ. ނިއުގެ ހެޑު ކޯޗަކަށް ހަމަޖެއްސި އެ ކުލަބުގެ ކުރީގެ ޓެކްނިކަލް ޑިރެކްޓަރު ފްރަންސިސްކޯ މެނުއަލް ކައިންޒޯސް-- ސުޒެއިނަކީ ރާއްޖޭގެ ލޯކަލް ކޯޗުންގެ ތެރޭގައި ހިމެނޭ ތަޖުރިބާކާރު އަދި ކާމިޔާބު ކޯޗެކެވެ. އޭނާ ވަނީ ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑު ކޯޗުކަންވެސް ކޮށްފައެވެ. އަދި ގައުމީ ޓިމުގެ ކަންކަން ބެލެހެއްޓުމަށް އެފްއޭއެމުގައި ހަރަކާތްތެރިވާ އިސްފަރާތުގެ ދައުރުވެސް އަދާކޮށްފައެވެ. މީގެއިތުރުން ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުން ފާހަގަކުރުމަށް އެކުލަވާލި ކޮމިޓީގައިވެސް ސުޒެއިން ހިމެނެއެވެ. އޭނާ އަކީ އެފްއޭއެމްގެ ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޗެއާމަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ