އިޓަލީގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ އޮލިޓާލިއާގެ އެންމެ ފަހުގެ އުފެއްދުންތައް ކަމަށްވާ "ޝެފް މޭނިއާ" ސްކުއީޒް ބޮޓްލް އާއި ތަފާތު ރަހަތައް އެކުލެވޭ "ކޮންޑިމެންޓް އޮއިލްސް" ރޭންޖު އެމްޔޫ ސްޓޯރުން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފިއެވެ.
މިއީ ދިވެހި ބާދިގެތަކަށް އިޓަލީގެ އަސްލު ރަހަތަކާއި، ކެއްކުމުގެ ފަސޭހަކަމާއި، ޒަމާނީ އުކުޅުތައް ގެނެސްދިނުމަށް ތައާރަފުކުރި އުފެއްދުންތަކެއް ކަމަށް އެމްޔޫ ސްޓޯރުން ބުންޏެވެ.
މި އުފެއްދުންތަކުގެ ތެރެއިން ޝެފް މޭނިއާ އެކްސްޓްރާ ވާޖިން އޮލިވް އޮއިލް އަކީ ޕްރޮފެޝަނަލް ޝެފުންގެ މަސައްކަތުން އިންސްޕަޔާވެގެން ތައްޔާރުކޮށްފައިވާ، އަތަށް ފަސޭހަ ފަސޭހައިން ފިއްތައިލެވޭ ފަދަ ފުޅި އެކެވެ. މީގެ ސަބަބުން ބޭނުންވާ މިންވަރަށް ބަލައިގެން ތެޔޮ އެޅުމަށް ފަސޭހަވެ، ކާބޯތަކެތި ގާނިޝްކުރުމަށާއި ކާހިތްވާ ގޮތަށް ކާނާ ރީތިކުރުމަށް މަގުފަހިވެއެވެ. އަދި މި ފަރުމާގެ ސަބަބުން ތެޔޮ ބޭކާރުވުން ހުއްޓުވައިދޭނެއެވެ.
މީގެ އިތުރުން، އަލަށް ތައާރަފްކުރި ކޮންޑިމެންޓް އޮއިލްސް ރޭންޖުގައި ހަތަރު ރަހައެއް ހިމެނެއެވެ. އެއީ ރޯޒްމޭރީ (ފިހުނު ތަރުކާރީއަށް)، ބެސިލް (ޕާސްތާ އާއި ސެލަޑަށް)، ލެމަން (ސީފުޑަށް) އަދި ގާލިކް އެންޑް ޕެޕަރ (ސްޓޭކް ފަދަ ތަކެއްޗަށް) އެވެ.
މިއީ މަތީ ފެންވަރުގެ އޮލިވް އޮއިލްގައި ގުދުރަތީ ރަހަތައް އެކުލަވައިގެން ތައްޔާރުކޮށްފައިވާ، ކާނާ މެރިނޭޓް ކުރުމަށާއި ރަހަ މުއްސަނދިކޮށްލުމަށް އެންމެ ފުރިހަމަ އުފެއްދުންތަކެވެ.
ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ އޮލިޓާލިއާގެ މި އާ އުފެއްދުންތައް ތައާރަފްކުރުމަކީ ބައިނަލްއަގުވާމީ ފެންވަރުގެ މޮޅު ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެމްޔޫ ސްޓޯރުން ކުރާ މަސައްކަތުގެ ބައެކެވެ.
އެމްޔޫ ސްޓޯރުން އެތެރެކޮށް މާކެޓްކުރާ ހުރިހާ ބާވަތްތަކެއް މިހާރު ރާއްޖޭގެ ބޮޑެތި ފިހާރަތަކުންނާއި އެމްޔޫ ސްޓޯރުގެ އައުޓްލެޓްތަކުން ލިބެން ހުންނާނެއެވެ.
އޮލިޓާލިއާގެ "ޝެފް މޭނިއާ" އާއި "ކޮންޑިމެންޓް އޮއިލްސް" އެމްޔޫ ސްޓޯރުން ތައާރަފްކޮށްފި އޮލިޓާލިއާގެ "ޝެފް މޭނިއާ" އާއި "ކޮންޑިމެންޓް އޮއިލްސް" އެމްޔޫ ސްޓޯރުން ތައާރަފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ