ފުލުހުންގެ ބަންދުގައި ހުރި މީހަކު އިއްޔެ މަރުވެއްޖެ

ފުލުހުންގެ ބަންދުގައި ހުރި 45 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން އިއްޔެ މެންދުރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
ތަފްސީލް - އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. އެގޮތުން:
އޭނާ ފުލުހުންގެ ބަންދުގައި ހުރީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ މައްޗަށްކޮށްފައިވާ އަމުރަކާ ގުޅިގެން
މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހުށަހަޅާފައިވާ ކަމަށާއި މި މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ