މާލީގެ ޑިފެންސް މިނިސްޓަރު އަވަހާރަކޮށްލައިފި

ކަމާރާގެ ގެކޮޅު ހުންނަނީ ވެރިރަށް ބަމާކޯއާ 15 ކިލޯމީޓަރު ދުރުގައި އޮންނަ، އަސްކަރީ ގޮތުން ވަރުގަދަ ކާޓީ ގައެވެ. އަލްޖަޒީރާގެ ރިޕޯޓަރު ނިކޮލަސް ހާކް ބުނި ގޮތުގައި، ހަނގުރާމަވެރިން ކަމާރާގެ ގެކޮޅަށް ހަމަލާދިނީ ކާރު ބޮމެއް ގޮއްވާލައިގެންނެވެ. މި ހަމަލާގައި ކަމާރާގެ ދެވަނަ އަނބިކަނބަލުންނާއި ދެ ކާފަދަރިންވެސް އަވަހާރަވި ކަމަށް އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ.
ޖެނެރަލް ސާދިއޯ ކަމާރާއަކީ މިހާރުގެ އަސްކަރީ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ޝަޚުސިއްޔަތެވެ. މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން އޭނާ ދެކެމުން އައީ މާލީގެ ކުރިމަގުގެ ލީޑަރެއްގެ ގޮތުގައެވެ.
މަސްރަހު ދިރާސާކުރާ ބުލާމާ ބުކާޓީ ވިދާޅުވި ގޮތުގައި، މީގެ ކުރިން އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަކުރި ޖަމާއަތްތައް މިހާރު ވަނީ ގުޅިގެން ދައުލަތާ ދެކޮޅަށް ތެދުވެފައެވެ. މިއީ ކުރިއަށް އޮތް ތަނުގައި މާލީގެ މަސްރަހު އިތުރަށް ގޯސްވެ، އިތުރު ހަމަލާތައް ފެނިގެންދާނެ ކަމުގެ ނިޝާނެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޖެނެރަލް ސާދިއޯ ކަމާރާއަކީ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު މާލީގެ އިންތިޚާބީ ސަރުކާރު ވައްޓާލައި، އަސްކަރިއްޔާއިން ވެރިކަމާ ހަވާލުވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް މޭސްތިރިއެވެ. އޭނާގެ ދިފާއީ ވަޒީރުކަމުގެ ދަށުން މާލީން ވަނީ ފަރަންސޭސިވިލާތާއި ހުޅަނގުގެ ގައުމުތަކާއެކު އޮތް އަސްކަރީ ގުޅުންތައް ކަނޑާލައި، ރަޝިޔާގެ "ވެގްނާ ގްރޫޕް" ފަދަ ކުލީ ސިފައިންގެ އެހީތެރިކަން ހޯދަން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ