އެގްރޯނެޓްގެ އެމްޑީ ހުސެއިން ދީދީ ވެސް މަގާމުން ވަކިކޮށްފި
އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސެއިން ދީދީ މިއަދުން ފެށިގެން ވަކިކޮށްފިއެވެ. ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ، ހުސެއިން ދީދީ މިއަދުން ފެށިގެން މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ހާމަކޮށްފައި ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިއަދު ސަރުކާރުގެ އިތުރު މަގާމުތަކުން ވެސް އިސް ބޭފުޅުންތަކެއް ވަކިކޮށްފައިވެއެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާޙް ހިމެނެއެވެ. ތަފުސީލް އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ